ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ލީޑަރު ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ދޭންޖެހޭކަމަށް އަލްއުސްތާޒާ އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާވަންހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްއިން ވާދަކުރާ ކެންޑިޑޭޓް ރައީސް ޔާމީން ހުންނެވީ ޖަލު ހުކުމެއްގައެވެ. ނަމަވެސް އެ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް އެޕާޓީން ވަނީ ކޯޓަށް ހުށައަޅާފައެވެ. އިންތިހާބާއި ބެހޭ ޤާނޫނު ބުނާގޮތުން އިންސިއުނާފް އާއިމެދު ކޯޓުން ގޮތެއް ނުނިންމާހާ ހިނދަކު، އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތު އޮވެއެވެ.
އަނާރާ، ޔާމީން އަށް ފުރުސަތު ދިނުމަށް ތާއިދު ކުރާ މޭރުމަކުން ވާހަކަ ދައްކާފައި މިވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީން އަށް ދިނުމާއި ގުޅޭގޮތުން ޚިޔާލުތަފާތުވުންތައް ގިނަވެފައިވާ މި ދަނޑިވަޅެއްގައެވެ.
”އިންތިޚާބުތަކުގައި ވާދަކުރަން ބޭނުންވާ އެންމެހާ ފަރާތްތަކަށް އެ ފުރުސަތު ފަހިވެފަ އޮތުން ނުހަނު މުހިންމު ކަމުގައި ދެކެން.“
އަނާރާ ނައީމް
ކުރީގެ ރައީސް ޔާމިން އަށް އިންތިހާބުގައި ފުރުސަތު ދިނުމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވެސްވަނީ ފުރުސަތު ދޭންޖެހޭކަމަށް ވިދާޅުވެފައެވެ. އެ މައްސަލާގައި ކޮމިޝަންގެ ބައެއް މެންބަރުން ހިތްހަމަ ނުޖެހި، އިތުބާރުނެތް ކަމަށް ވޯޓު ވަނީ ނަގާފައެވެ.













