ސަރުކާރަށް ކާންބޯންދެނީވެސް ، އަދި އިޙްތިޖާޖްކުރާނީ ވެސް ރައްޔިތުންކަމަށް އިމްތިޔާޒު ފަޙްމީ ވިދާޅުވެއްޖެއެވެ.
އިންތި މިހެންވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ވެރިކަންކުރާ އެމްޑީޕީއިން ކުރަމުންދާ ކެމްޕެއިން ދަތުރުތަކުގައި ރައްޔިތުންގެ ފަރާތުން ސަރުކާރަށް އޮތް ނުރުންފެނި، އިންޒާރުގެ ބަސްތަކެއް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
”ސަރުކާރުގެ ވެރިންނަށް ކާން ބޯންދެނީ ރައްޔިތުން؛ސަރުކާރުގެ ވެރިން އައީމާ އިހްތިޖާޖުކުރާނީ ވެސް ރައްޔިތުން؛ ސަރުކާރާއި އެމްޑީޕީ އަށް މިވަރު ނޭގިތިބެ އިންޒާރު ދިނުމަކީ މިއަދުގެ ސަރުކާރު ހިންގާ އެމްޑީޕީއަކީ އަސްލު ގެއްލިފައިވާ، #ވަގުންގެނެޓްވާރކެއް ކަން އެގޭކަމެއް!“
އިމްތިޔާޒް ފަޙްމީ
ރިޔާސީ އިންތިހާބަށް ކެންޕެއިން ކުރުމަށް އަތޮލުތެރެއަށް ކުރަމުންދާ ދަތުރުތަކުގައި އިއްޔެ ފުވައްމުލަކަށް ރައީސް ވަޑައިނެވުމުން އެރަށުގެ ގިނަ ރައްޔިތުންތަކެއްނިކުމެ، ސަރުކާާއިދެކޮޅަށް ވަނީ އަޑު އުފުލާފަ، އެ އިހްތިޖާޖުގެތެރެއިން ބައެއް މީހުންނަށްވަނީ އަނިޔާވެސްވެފައެވެ.
މީގެ ކުރިން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާނަމަ ފިޔަވަޅު އަޅާނެކަމުގެ މޭރަމަކުންވާހަކަ ދައްކާފައެވެ.













