ދަރިން މަސްތުވާތަކެތިން ސަލާމަތްކުރަން އެދޭ ނަމަ, ޕާޓީތައް ދެކެވާ ވާ ކަނު ލޯބި, ދޫކޮށްލާފައި މިކަން ހަމަޖެއްސޭވަރުގެ މީހަކު މި ފަހަރު އިހުތިޔާރު ކުރަން ޖެހޭ ކަމަށާއި އާދައިގެ ލީދަރަކަށް މަސްތުވާތަކެތިން ގަުމެއް ސަލާމަތެއް ނުކުރެވޭނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި މިފަހަރު އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބައް ތައްޔާރުވުމުގެ ގޮތުން ރަސްމީކޮށް ކެމްޕެއިން ހަރަކާތްތައް ރޭ ފެއްޓެވިއިރު، ފުރަތަމަ ބައްދަލުވުން ބޭއްވީ ކުޑަހެންވެއިރު ސަރަހައްދުގަ އެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ ދަރިން މަސްތުވާތަކެތިން ސަލާމަތްކުރަން އެދޭ ނަމަ, ޕާޓީތައް ދެކެވާ ވާ ކަނު ލޯބި, ދޫކޮށްލާފައި މިކަން ހަމަޖެއްސޭވަރުގެ މީހަކު މި ފަހަރު އިހުތިޔާރު ކުރަން ޖެހޭ ކަމަށެވެ. އަދި އެއީ މި ގައުމު މަސްތުވާތަކެތިން ސަލާމަތްކުރެވޭނެ ފަދަ ލީދަރަކަށް ވާންޖެހޭނޭކަމަށެވެ. އަދި މިއީ އާދައިގެ ލީޑަރަކަށް ކުރެވޭނޭ ކަމެއް ނޫންކަމަށްވެސް އުމަރު ވިދާޅުވިއެވެ.
މަސްތުވާތަކެތިން ގައުމެއް ސަލާމަތެއް ނުކުރެވޭނެ އާދައިގެ ލީޑަރުންނަކަށް. ޖެހިލުން ކުޑަ ކެރޭ މީހަކަށް ނޫނީ މަސްތުވާތަކެތީގެ ނުރައްކަލުން މި ގައުމު ސަލާމަތެއް ނުކުރެވޭނެ,” އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ ވަރަށް ގިނަގޮތްގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރކުރަމުން ގެންދާ ކަމަށާއި އޭނާގެ ވެރިކަމެއްގައި ރާއްޖެއަށް ޑުރަގް އެތެރެކުރާ ބޯޓުތަކަށް ބަޑި ޖަހާ ފައްތާލާނެ ކަމަށެވެ. މީގެ އިތުރުން ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނެކަން ތަކުރާރުކުރައްވައި އުމަރު ވިދާޅުވީ, ރާއްޖޭގެ ކަނޑު ހުރަސްކޮށް ކިލޯއިންނާއި ޓަނުން ޑުރަގް ގެންދާއިރު އޭގެ ތެރެއިން ބައެއް ރާއްޖެ އެތެރެވާ ކަމަށާއި އަދި ރާއްޖޭގައި ވަޅި ހަރާ, މާރާމާރީ ހިންގާ, ފޭރެނީ ޑުރަގުގެ ސަބަބުން ކަމަށް އުމަރު ވިދާޅުވި އެވެ.
“އަޅުގަނޑު އެދުމަކީ އަދި އިލްތިމާސަކީ ތި ބޭފުޅުންގެ ދަރިން މަސްތުވާތަކެތިން ސަލާމަތްކުރަން އެދޭ ނަމަ, ތިޔަ ބޭފުޅުންގެ ތެރެއިން ބައެއް މީހުން ޕާޓީތައް ދެކެވާ ކަނު ލޯބި, ދޫކޮށްލާފައި މިކަން ހަމަޖެއްސޭވަރުގެ މީހަކު މި ފަހަރު އިހުތިޔާރު ކުރަން. މަސްތުވާތަކެތިން ގައުމެއް ސަލާމަތެއް ނުކުރެވޭނެ އާދައިގެ ލީޑަރުންނަކަށް. ޖެހިލުން ކުޑަ ކެރޭ މީހަކަށް ނޫނީ މަސްތުވާތަކެތީގެ ނުރައްކަލުން މި ގައުމު ސަލާމަތެއް ނުކުރެވޭނެ,” އުމަރު ވިދާޅުވި އެވެ.













