Search Streamline Icon: https://streamlinehq.com

އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ ދިވެހި ގައުމިއްޔަތު ގެއްލުވާލުމަށް ކުރާ ކަމެއް – ޑރ. މުއިއްޒު

Muizzzzz

އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ ދިވެހި ގައުމިއްޔަތު ގެއްލުވާލުމަށް ކުރާ ކަމެއް ކަމަށް ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މެނިފެސްޓޯގައި ދެވަނަ ދައުރެއް ލިބިއްޖެނަމަ ބޭނުންވާ ދަރިވަރުންނަށް އިސްލާމް މާއްދާ އިނގެރޭސިބަހުން ކިޔަވައިދިނުމުގެ ފުރުސަތު ފަހި ކޮށްދެއްވާނެ ކަމަށް ހިމަނާފައި ވާތީއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ހއ. އިހަވަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ އިސްލާމް ދީނާއި ދިވެހި ބަހަކީ ގައުމިއްޔަތާ އެންމެ ބޮޑަށް ގުޅިފައިވާ ދެ އަސާސް ކަމަށާއި ގައުމުގެ މުސްތަގުބަލާއި މިނިވަންކަން ސަލާމަތް ކުރަން ބޭނުންވާނަމަ އިސްލާމް ދީނާއި ދިވެހި ބަސް ހިމާޔަތް ކުރަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ދިވެހި ޤައުމުގެ މިނިވަންކަމާއި ޤައުމިއްޔަތު ހިމާޔަތް ކުރަން އެދޭނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ދޭން ޖެހެނީ ޕީޕީއެމް އަށް ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި