ކުރީގެ ރައީސް ޔާމިން މިނިވަން ކުރުމަކީ މިޤައުމަށް އޮތް އެންމެ ރަގަޅުގޮތްކަމަށް ކުރީގެ އިންފޮމޭޝަން މިނިސްޓަރ މަލީޙް ވިދާޅުވެއްޖެއެވެ.
މަލީޙް ވިދާޅުވީ މި ޤައުމަކީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ފަރާތްތައް ހުރަގެއަށްލުމުގެ ސަގާފަތެއް އޮންނަ ތަނެއްކަމަށެވެ. އަދި މިހާރު ސިޔާސީގޮތުން ހިޔާލުތަފާތުވާ އދިކޮޅު ފަރާތްތަކަށް ވޯޓް ކަރުދާސްކޮޅާއި ހަމަޔަށް ނަންގެންދިއުމުގެ މިނިވަންކަންވެސް ނެތްކަމަށެވެ.
މަލީހް މިހެންވިދާޅުވެފައި މިވަނީ އިދިކޮޅު ކޯލީޝަންގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމިން އަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ކޯޓު މެދުވެރިކށް މިސަރުކާރުން ގެއްލުވާލާފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނަމުންއަންނަ ދަނޑިވަޅެއްގައެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެންމެ ފުރަތަމަ ނިންމެވި ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އެވެ. އަދި އެނެމް ފުރަތަމަ ޓިކެޓް ހަވާލުކުރި ކެންޑިޑޭޓަކީވެސް ޔާމީންއެވެ. އަދި އިލެކްޝަން ކޮމިޝަނަށް ކެންޑިޑެންސީ ފޯމް ހުށައެޅުއްވި ބޭފުޅަކީވެސް ޔާމީންއެވެ. އެެހެންނަމަވެސް އެ މަނިކުފާނާއި ދެކޮޅަށް ސަރުކާރުން އުފުލާފައިވާ އެކި އެކި ދައުވާތަކުގެ ތެރެއިން މަނީލޯޑަރިންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލުހުކުމެއް އެމަނިކުފާނުގެ މައްޗަށް އިއްވާ ހުކުމް ތަންފީޒް ކުރަންވަނީ ފަށާފައެވެ.
އިންތިހާބާއި ބެހޭ ގާނޫނުގައިވާގޮތުން 11 މަހަށްވުރެ ގިނަ މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފައިވުމުން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.













