ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ނިމުމުން ނުފިއްލެވުމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕީޖީ ލީޑަރު، މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަށް ގޮވާލައްވައިފި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމުގަ އެވެ. އަދި ޑރ. މުއިއްޒުގެ އިޚްލާޞްތެރިކަމާއި އިހްސާންތެރިކަން ސާބިތުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން ނިމި އިދިކޮޅު ކޯލިޝަންގެ ކުލަ ގަދަވެގެންދާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ގެ ޓްވީޓްގައި އެދުވަހަކުން ނުފިއްލެވުމަށް ޑިފެންސް މިނިސްޓަރ މާރިޔާއަށް ވަނީ ގޮވާލައްވާފަ އެވެ.
Riyaasee inthihaabu nimigendhaairu Ibu ge verikan nimeyne! PPMPNC ge kula gadhavaane! @MMuizzu ge ihulaastherikamaai ihusaantherikan saabithu kohdhevvaane! @prz_ymn
Minivan kuraane! @ibusolih ge ekuveri @MohamedNasheed ah hedhi ihaanethigoiy, RY akah Dr Muizzu nuhadhdhavaanekan…— Adam Shareef Umar (@Adamshareefz) August 20, 2023
ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވީ އިދިކޮޅު ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފިނަމަ ޖެހިގެން އިންނަވާނީ ކުރީގެ ރައީސް ޔާމީން ކަމަށާއި ޔާމީން ވިދާޅުވާ ގޮތަށް ސަރުކާރުން ހިންގަވާނެ ކަމުގަ އެވެ. އަދި މުއިއްޒު އެހެން ވިދާޅުވިނަމަވެސް، އެފަދައިން ރައީސް ޔާމީން މިނިވަން ނުކުރައްވާނެ ކަމަށް ޔަގީންވެވަޑައިގަންނަވާކަމަށާއި، އެކަން ކުރެވޭނެ ގޮތެއް ގާނޫނުގެ ތެރެއިން ވެސް ނެތް ކަމަށް މަރިޔާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު ނިމިގެންދާއިރު ރައީސް ޞާލިޙްގެ ވެރިކަން ނިމުމަކަށް އަންނާނެކަމަށާއި، ރައީސް ޞާލިޙް ރައީސް ނަޝީދާމެދު ކަންތައްކުރެއްވި ގޮތަށް، މުއިއްޒު ރައީސް ޔާމީނާ މެދު ކަންތައް ނުކުރައްވާނެކަމަށްވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.













