Search Streamline Icon: https://streamlinehq.com

އެހެން ކެނޑިޑޭޓުންގެ ކެމްޕެއިނަށް ހުރަސް އެޅުމަކީ ދުވަހަކުވެސް ކުރާނެ ކަމެއް ނޫން: މުއިއްޒު

Dr. Muizzu

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕެއިނަށް ހުރަސްއަޅާ އެ ކެނޑިޑޭޓުންނާއި ބެހޭގޮތުން ހަޤީގަތާ ޚިލާފު ވާހަކަތައް ދެއްކުމަކީ ދުވަހަކުވެސް ކުރާނެ ކަމެއް ނޫން ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުތަކުގައި އައްޑޫ ސިޓީއަށް ދާން ފުރަން އެއަރޕޯޓަށް ގޮސް ހުއްޓާ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުއިއްޒު ވިދާޅުވީ މިނިވަންކަމާއެކު ކެމްޕެއިން ކުރުމަކީ ކޮންމެ ކެނޑިޑޭޓެއްގެވެސް ހައްޤެއް ކަމަށެވެ. އެހެންކަމުން އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕެއިނަށް ހުރަސްއަޅާ ހަޤީގަތާއި ޚިލާފު ވާހަކަތައް ދުވަހަކުވެސް ނުދައްކާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

”އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި ރަނގަޅު ވިސްނުން ހުށަހަޅާ ބަޔަކީ އަޅުގަނޑުމެން. އައްޑޫސިޓީ ކުރިމަގަށްޓަކައި ރަނގަޅު ތަސައްވުރެއް ގެންގުޅެނީ ޕީޕީއެމް ޕީއެންސީން. އެހެންވީމާ އައްޑޫ ސިޓީގެ ކުރިއެރުމަށްޓަކައި އަޅުގަނޑުމެންނާއެކީ ކުރިޔަށް ވަޑައިގަތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް.“ މުއިއްޒު ވިދާޅުވިއެވެ.

އަދި ހަމައެއާއެކު އެ ކޯލިޝަނުން އަބަދުވެސް ބަލަނީ ރައްޔިތުންނަށް ޚިދުުމަތެއް ދެވޭނެ ގޮތްތައް ހޯދައި ކެމްޕެއިނަށް ލިބިފައި ކުޑަ ވަގުތުކޮޅުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭތޯ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި މުސްލިމުން އެކަކު އަނެކަކުގެ ނުރަނގަޅު ވާހަކަތައް ދައްކައި ހަޤީގަތާއި ޚިލާފު ވާހަކަތައް ދެއްކުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި ދުވަހަކުވެސް އެފަދަ އަމަލެއް އޭނަގެ ފަރާތުން ފެނިގެން ނުދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ކަންތައް ކުރަމުންދާ ގޮތް އެންމެ ރަނގަޅަށް އެގޭނެ ބަޔަކީ ރައްޔިތުން ކަމަށް މުއިއްޒު ވިދާޅުވިއެވެ

މުޢިއްޒު އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީ އާއި ކުރިމަގަށްޓަކައި ރަނގަޅު ތަސައްވުރެއް ގެންގުޅެނީ ޕީޕީއެމް ޕީއެންސީން ކަމަށާއި، އެ ކޯލިޝަނާ އެކީގައި ކުރިއަށް ދިއުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި