Search Streamline Icon: https://streamlinehq.com

އަޅުގަނޑު ސިޔާސީ މައިދާނަށް ނެރެދެއްވީ ރައީސް ޔާމީން: އާދަމް ޝަރީފް ޢުމަރު

Adam shareef Raees yaameen

ރައްޔިތުންގެ މަޖިލީހުގެ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ސިޔާސީ ދާއިރާއަށް ނެރެދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ  މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީނަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

”އަޅުގަނޑު ސިޔާސީ މައިދާނަށް ނެރެދެއްވީ ރައީސް ޔާމީން. އެއީ ހަރުދަނާ ސިޔާސީ ލީޑަރުންތަކެއް އުފެއްދި، ކެބިނެޓުން ޒުވާނުންނަށް ފުރުސަތު ދެއްވި، ”މީހުން މީހުންނަށް“ ހެދި ލީޑަރެއް! ސިޔާސީ މައިދާނުގައި ފިޔަޖަހަމުންދާ ގިނަ ތަރިންނަކީ ރައީސް ޔާމީން އޮފުދާރު ކުރެއްވި، ދިހުން ގެނެސްދެއްވި ތަރިން!“ އާދަމް ޝަރީފްގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ފަހަކަށް އައިސް އާދަމް ޝަރީފް ވަނީ އެމަނިކުފާނުގެ ޓްވީޓްތަކުގައި ވަރަށްބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ދާދި ފަހުން އެމަނިކުފާނު ކުރެއްވި ޓްވީތެއްގައި ވިދާލުވެފައިވަނީ  ބޭރުގެ ބާރަކުން މިޤައުމު ހިފަން ގޮވާލައި ޓުވަރިޒަމް ބޮއިކޮޓްކުރަން ކޮވާލި ބަޔަކު ބޮޑުލާރިއަކަށް ޤައުމުގެ ބާރާއި މިނިވަންކަން ވިއްކާލާކަށް ފަހަކަށްނުދާނެ! ކަމަށާއި‘ ވެރިކަމަށް އައީވެސް ބޭރުގެ ނުފޫޒާއި އެކު‘ ލަގަން ވިއްކާލައިގެން ކަމުގަ އެވެ. އެހެންކަމުން މިއަދު ބޭނުންވަނީ ޤައުމިއްޔަތުގެ ވިދު ޖަހާ ހިތެއް! ކަމުގައިވެސް އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ހަލުވިކަމާއި އެކު ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދިއުމާއި ގުޅިގެން އެކަން ކޮށްޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއް މިދަނޑިވަޅުގައި ނެރުނީ ކޮވިޑްގެ މައްސަލަތައް ފޮރުވުމަށްޓަކައިކަމުގަ އެވެ. އަދި 2024 ގައި އެމްއެމްޕީއާރްސީގެ ދެވަނަ ލިސްޓެއް ނިކުންނާނެ ކަމަށްވެސް އާދަމް ޝަރީފު ވަނީ ވިދާޅުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި