Search Streamline Icon: https://streamlinehq.com

ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ރިކޯޑް އަޅުގަނޑުމެން މުގުރާލާނަން: މަލީހު

F 2AWzibEAA7Af7

ފޯމް ހުށަހެޅުމާއެކު ވަރަށް އަވަހަށް ޕީއެންއެފް އުފެއްދުމުގެ ހުއްދަ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އެއާއެކު އެ ޕާޓީ ވެގެންދާނީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑް މުގުރާލާ ޕާޓީއެއް ކަމަށްވެސް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

އައު ޕާޓީ އުފެއްދުމުގެ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ، ފޯމް ހުށަހެޅުމާއެކު ވަރަށް އަވަހަށް ޕީއެންއެފް އުފެއްދުމުގެ ހުއްދަ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އެއާއެކު އެ ޕާޓީ ވެގެންދާނީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑް މުގުރާލާ ޕާޓީއަކަށް ކަމަށެވެ.

މަލީހު ވިދާޅުވީ ޕާޓީ އަށް ހުއްދަ ލިބުމާއި އެކު ޕާޓީން، މާލެސިޓީ ގެ މޭޔަރ ކަމަށްވެސް ވާދަކުރާނެކަމަށާއި އިރާދަކުރެއްވިޔާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ވާދަކުރާނެކަމަށެވެ.  އަދި މަޖިލިސް އިންތިޚާބު ބޮޑުކޮށް ކާމިޔާބު ކުރާނެކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

“ ފޯމު ހުށަހެޅުމާއި އެކު އެ ބޭފުޅުން ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ހުއްދަ ދޫކުރައްވާނެ. ހުއްދަ ދޫކުރުމާއި އެކުގައި، ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ރިކޯޑް އަޅުގަނޑުމެން އިރާދަކުރެއްވިޔާ މުގުރާލާނަން. އަޅުގަނޑުމެންގެ ޕާޓީން، މާލެސިޓީ ގެ މޭޔަރ ކަމަށްވެސް ވާދަކުރާނެ. އިރާދަކުރެއްވިޔާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިރާދަކުރެއްވިޔާ ބޮޑުކޮށް ވާދަކުރާނެ އަދި ބޮޑުކޮށް ކާމިޔާބު ކުރާނެ.“ މަލީހު ވިދާޅުވެފައިވެއެވެ.

މަލީހު ވިދާޅުވީ އުންމީދަކީ މިއަދު ވެސް ޑީޖޭއޭ [ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން] އިން ކުށުގެ ރިކޯޑްތައް ލިބުން ކަމަށާއި ލިބިއްޖެ ނަމަ އަނެއްކާ ވެސް އިލެކްޝަންސް ފޯމު ހުށަހަޅަން އަންނާނޭ ކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި