Search Streamline Icon: https://streamlinehq.com

އޭ އަޚާއެވެ.! ރައްކާތެރިކަން ބޭނުންނަމަ ޒިކުރުކުރުން ގިނަކުރާށެވެ.

1 nu8m38q58jK7oZ4O4zwU4Q
Advertisement

ޒިކުރުކުރުމަކީ ﷲގެ މަތިން ހަނދުމަކޮށް ތަސްބީޙަ ކިޔާ ޒިކުރުކޮށް ތަކުބީރުކިޔާ ދުޢާކޮށް ހެދުމެވެ. އެގޮތުން ހެނދުނާއި ހަވީރުގެ ދުޢާތަކާއި އަދި ނިދާއިރުއާ އަދި މިސްކިތަށް ވަންނަ އިރުއާ އަދި ނުކުންނައިރުއާ ކާއިރުގަޔާއި އަދިވެސް އެނޫން ވަޤުތުތަކުގައި ﷲގެ މަތިން ޒިކުރުކުރުމަށް އަޅުގަނޑުމެންނަށް ވަނީ މިއުއްމަތުގެ މާތްވެގެންވާ ނަމޫނާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ޒިކުރުކުރުމާއި ބެހޭގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

އިންސާނާ ޣާފިލުކަމުން ދުރުހެލިކޮށްދޭ އެއްޗަކީ މާތްﷲ ހަނދުމަކޮށް އެކަލާނގެއަށް ޒިކުރު ކުރުމެވެ. ޒިކުރަކީ އޭނާއާ ޢާލަމްތަކުގެ ވެރި ރަސްކަލާނގެއާއި ދެމެދުގައިވާ ގުޅުން ދަމަހައްޓައިދޭ ވައުފަށެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. “ فَاذْكُرُوْنِي أَذْكُرُكُمْ  وَاشْكُرُوا لِيْ وَلاَ تَكْفُرُوْنِ ”  ( سورة البقرة: 152) މާނައީ: “ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރާށެވެ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަ ކުރާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ އަށް ޝުކުރުވެރިވާށެވެ. އަދި ކުފުރުވެރި ނުވާށެވެ.” (އެބަހީ: ތިޔަބައިމީހުންނަކީ ޝުކުރުވެރި ނުވާ ބައެއް ކަމުގައި ނުވާށެވެ.)

ޢިލްމުވެރީން ޒިކުރު ކުރުން ދެބަޔަކަށް ބައްސަވާފައި ވެއެވެ. އެއީ: ލަފުޒީ ޒިކުރާއި މަޢުނަވީ ޒިކުރެވެ.

ލަފުޒީ ޒިކުރު ކުރުމަކީ އިންސާނާ ދުލުން ކުރާ ޒިކުރެވެ. ޤުރްއާނު ކިޔެވުމާއި މާތްﷲ އަށް ތަސްބީޙަ ކިޔުމާއި ތަޙްމީދު ކުރުމާއި ދުޢާ ކުރުމާއި އަދި ރަސޫލު ﷲ ޞައްލަ ﷲ ޢަލައި ވަސައްލަމުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ލަފުޒީ ޒިކުރު ކުރމެވެ. މަޢުނަވީ ޒިކުރު ކުރުމަކީ މާތް ﷲ ގެ ޢަޛާބަށް ބިރުވެތިވެ، އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ.

ޒިކުރުގެ ބާތްވަތްތައް ގިނަ ގުނައެވެ. ހެޔޮ ކަންތަކަށް ގޮވާލައި މުންކަރާތްތައް ނަހީ ކުރުމާއި އަދި މާތް ﷲ މިކައުނުގައި ލައްވާފައިވާ ކަންތައްތަކާ މެދު ވިސްނާ ފިކުރުކޮށް، އެކަލާނގެ ކުޅަދުންވަންތަ ކަން ހިތަށް ގެނެސް ގަތުމަކީ ވެސް ޒިކުރު ކުރުމެކެވެ. މީހާގެ ދުލާއި ގުނަވަންތަކުން ކުރާ ކޮންމެ ހެޔޮ ކަމަކީ ވެސް ޒިކުރެކެވެ. އަދި ކީރިތިޤުރްއާނު ކިޔެވުމަކީ އެންމެ އިތުރުކަން ބޮޑުވެގެންވާ ޒިކުރު ކުރުމެވެ. މާތް ﷲގެ ޒިކުރުކޮށް، އެކަލާނގެ މަތިން ހަނދުމަ ކުރުމަކީ ގިނަ ގުނަ ރޫޙާނީ ފައިދާތަކާއި މާއްދީ ފައިދާތަކެއް ހުރި ކަމެކެވެ. އަލްއިމާމު އިބްނުލްޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”

Advertisement

ޒިކުރު ކުރުމަކީ ރަޙްމާނުވަންތަ މާތް ﷲގެ ރުއްސެވުން ލިބިދޭ މަތިވެރި ކަމެކެވެ. އެއީ ރިޒުޤާއި ތަނަވަސްކަން އިތުރުވާ ކަމެކެވެ. އަދި ޒިކުރަކީ އިންސާނާގެ ހިތާއި ރޫޙުގެ ކޮށްތެވެ. އޭގެން އިންސާނާގެ ހިތަށް ދިރުން ގެނެސްދެއެވެ. ހިތުގެ ޝިފާ އާއި ފަރުވާއަކަށް ވެއެވެ. ޒިކުރުގެ ސަބަބުން މީހާގެ ދޫ މާތްﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތަކުން ރައްކާތެރިކޮށްދެއެވެ. ޒިކުރު ކުރުން މަތީ ގައި ދެމި ހުންނަ މީހާ ދޮގުހެދުމާއި، ޣީބަ ބުނުމާއި، ދެބައޮޑުވުމާއި، ހުތުރުބަސް ބުނުމުން ދޫ ރައްކާތެރިކޮށް ދެއެވެ. އަދި ޒިކުރުގެ ސަބަބުން އިންސާނުންގެ ތެރެއިން ނުބައިމީހުންގެ ނުބައިކަމުންްނާއި ޝައިޠާނާގެ އުދަގޫތަކުން މީހާ އަށް ރައްކާތެރިކަން ލިބިދެއެވެ.”

މިފަދަ މާއްދިއްޔަތުގެ ތެރެއަށް ޣަރަޤުވެފައިވާ ޒަމާނެއް ގައި މާތް ﷲ އަށް ޒިކުރު ކުރުން މަތީ ގައި ދެމިހުރުމުގެ ބޭނުންތެރިކަން ވަނީ ބޮޑުވެފައެވެ. މިއަދު އަޅުގަނޑުމެންގެ ކަންފަތްތަކަށް އަބަދާ އަބަދު އިވެމުން ދަނީ މާތްﷲ ޙަރާމު ކުރައްވާފައިވާ ލަވަޔާއި މިޔުޒިކުގެ އަޑުތަކެވެ. އަދި ފެންނަމުން ދަނީ ދީނާއި ދުރުކުރުވާ ކަހަލަ މަންޒަރުތަކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދޫތައް މާތް ﷲ ހަނދުމަ ކުރުން މަތީ ގައި ދެމިތިބުމުގެ ބޭނުންތެރިކަން ބޮޑެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ.  ” لاَ يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ ” ( رواه الحاكم ) މާނައީ:” އަބަދާ އަބަދު ތިބާގެ ދޫ ﷲ އަށް ޒިކުރު ކުރުމު ގައި ބަހައްޓާށެވެ.”

 

މަޢުލޫމާތު: ޢިލްމުވެރިންގެ ފަތުވާތަކުން

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *