Search Streamline Icon: https://streamlinehq.com

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް މެމްބަރު ސަލީމް އިންތިޚާބު ކޮށްފި

D2d38179 2602 4157 9690 e29820c63868

ރައްޔިތުންގެ މަޖިލީހުގެ އާ ނައިބު ރައީސް ކަމަށް ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ސަލީމް އިންތިހާބު ކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ މަޖިލީހުގައި ބޭއްވި ޚާއްޞަ ޖަލްސާގައި، ހުސްވެފައިވާ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް ސަލީމް އައްޔަނުކުރެއްވީ އެ ވޯޓުގައި ބައިވެރިވި 74 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ ވޯޓުންނެވެ.

ސަލީމް އާ އެ ވޯޓުގައި ވާދަ ކުރެއްވީ ކާށިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ޖާބިރު އެވެ. ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ. އެ އިންތިޚާބުގައި ސަލީމް އަށް 26 ވޯޓު ލިބިވަޑައިގެންނެވި އިރު، ސަލީމް އާ ވާދަ ކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަށް 23 ވޯޓު، އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް 4 ވޯޓު ލިބިވަޑައިގެންނެވިއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބު ކުރީ މިއަދާ ހަމައަށް އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ. އީވާ އިސްތިއުފާ ހުށަހެޅުއްވީ އޭނާ މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ހިނގަމުން ދިޔަ މަޖިލިސް ޖަލްސާގެ ތެރެއިންނެވެ..

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި