ހދ.ކުޅުދުއްފުށީ ޝަބުނަމީގެ، ހަސަން އަޒުޔާން (ޔާން) އަކީ އޭނާގެ ޢުމުރުން އެންމެ 3 އަހަރުގައި ލޮލުގެ އެތެރެއިން އުފެދުނު ޓިއުމަރެއް ބޮޑުވަމުން ގޮސް ސިކުޑިއާއި ވަރަށް ކައިރިވެފައި ވުމުގެ ސަބަބުން އަޒުޔާނަށް ތަފާތު އުނދަނގޫ ތަކާއި ކުރިމަތިވާތާ އެތައް ދުވަހަކަށް ފަހު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ވަރަށްބޮޑު އޮޕަރޭޝަނެއްކޮށް ކީމޯއާއި ރޭޑީއޭޝަން ދެމުން އަންނަ ތުއްތު ކުއްޖެކެވެ.
އޮޕަރޭޝަން ކުރިނަމަވެސް އެ ޓިއުމަރު އަދިވެސް ވަނީ މުޅިން ނައްތާލެވޭގޮތް ނުވެފައެވެ. ސަބަބެއްކަމަށް އަމްރިތާ ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުން ވިދާޅުވަނީ ޓިއުމަރާއި ސިކުނޑިއާއި ގުޅިފައިވާތީ ރޭޑިއޝަނާއި ކީމޯ ތެރަފީ ދީގެން ނޫނީ ޓިއުމަރު މުޅިން ނައްތައި ނުލެވޭނެ ކަމުގައެވެ. އަދި ހަށިގަނޑަށް ބޭނުންވާ ލޮނު އުފައްދައިދޭ ނިޒާމަށްވެސް އެ ޓިމުމަރުގެ ސަަބަބުން ހުރަސް އެޅިފައިވާކަމަށްވެސް ޑޮކްޓަރުން ވިދާޅުވި އެވެ.
ޔާން އަކީ މިދެންނެވި އޮޕަރޭޝަނަށް ފަހު އޭނާގެ ބަލިހާލަތު ހުންނަގޮތުން ޢުމުރުން ތިން އަހަރުން ފެށިގެން ނޭފަތަށް ލައްވާފައި އިންނަ ހޮޅިން ކާންދެމުން އަންނަ ކުއްޖެކެވެ. ޔާންގެ ނޭފަތަށް ލައްވާފައި އިންނަ ހޮޅި ނައްޓާލައި، އެ ހޮޅި ސީދާ ގޮހޮރަށް ގުޅާލާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ.
”ފެންވަރު އޮންލައިން“އަށް މަޢުލޫމާތު ދެއްވަމުން ޔާންގެ މަންމަ ޢާއިޝަތު ސުޒާނާ ބުނީ ޔާން އަށް ކާންދޭން އޭނާގެ ނޭފަތަށް ގުޅާފައި އިންނަ ހޮޅި ގޮހޮރައް ގޮއްސަ އިންނަ މަގު މިހާރުވަނީ ވަރަށް ބޮޑަށް ފާރުވެފައި ކަމުގަ އެވެ. އަދި އެތަނުން ލޭއަންނާތީ މިދިޔަ އަހަރު ވަނީ އެހޮޅި ބަނޑުތެރެއިން ސީދާ ގޮހޮރަށް ގުޅާފަކަމުގައެވެ. އަދި އޭގެ 3 މަސް ފަހުން ޔާންގެ އަނގައިން ކާން ފަށާފައިވާތީއާއި އެހޮޅި ގުޅާފައި އިންތަނުގައި ވަރަށް ބޮޑަށް އިންފެކްޝަން އުފެދިގެން ހޮޅީގެ ވަށައިގެން މަސް އަރާފައި ވުމާއިއެކު އެތަނުން ވަރަށްގިނައިން ލޭއަންނާތީ އެހޮޅި ތައްޓައިލެވޭތޯ މާލެ ގޮސް އައިޖީއެމް އެޗާއި، އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން އެ ދެހޮސްޕިޓަލުންވެސް ބުނީ އެއީ ވަރަށް ރިސްކީ އޮޕަރޭޝަނެއްކަމަށާއި އެފަދަ އޮޕަރޭޝަނެއް ކޮށްގެން ރާއްޖޭއިން އެހޮޅި ނައްޓާލެވެން ނެތްކަމުގަ އެވެ.
”މާލެ އިންވެސް އެހޮޅި ނައްޓާލަދޭނެކަމަށް ބުނުމުން އައިޖީއެމްއެމް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލަށް ޔާން ދެއްކިން. އެ ދެތަނުންވެސް ވަރަށް ގިނަ ޓެސްޓުތައް ހަދާފަ ބުނީ ޔާން އަކީ ފިޓް ޖެހޭ ކުއްޖަކަށްވެފަ، ޔާންގެ ހަށިގަނޑުން ލޮނުގެބައި އުފައްދައިދޭލެއް މަދުވުމާއި ޔާންގެ ހަށިގަނޑުގައި ލޮނުގެ ބައި މަދުކަމުން އެފަދަ އޮޕަރޭޝަނެއް ކުރުމަކީ އެހައި ފަސޭހަކަމަކަށް ނުވެފަ އެފަދަ އޮޕަރޭޝަނެއް ކުރުން އެންމެ ރަނގަޅީ ރާއްޖެއިން ބޭރުން ކަމުގަ އެވެ.“ ޔާންގެ މަންމަ ޢާއިޝަތު ސުޒާނާ ބުންޏެވެ
އެހެން ވުމުގެ ސަބަބުން އެ ހޮޅި ނެއްޓުމާއި ޔާން އަށް ރޭޑިއޭޝަން ދިނުމަށް އިންޑިއާގެ އަމްރިތާ ހޮސްޕިލަށް ދިއުމަށްޓަކައި ޔާންމެ މަންމަ މިހާރު އެދަނީ ދަތުރަށް ތައްޔާރުވަމުންނެވެ. ނަމަވެސް މާލީ ހާލަތު ހުރިގޮން މިފަދަ ބޮޑު ޚަރަދެއް ކުރުމަށް އެ ނިކަމެތި އަންހެނާ ވަނީ ނުކުޅެދިފައެވެ.
މިކަމުގައި ތުއްތު އަޒުޔާންގެ މަންމަ ޢާއިޝަތު ސުޒާނާގެ އާދޭހަކީ ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ ދީލަތި އެއީގައި އަޒުޔާން އަށް މިއޮޕަރޭޝަން ކުރުމުގެ ފުރުޞަތު ލިބިގެން ދިއުމެވެ. ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންގެ ދީލަތި އެއީއަށް މިއަދު އެ ތުއްތު އަޒުޔާންގެ މަންމަ ޢައިޝަތު ސުޒާނާ ވަނީ އިންތިހާއަށް ބޭނުންވެފަ އެވެ.
އަދި އަޒުޔާންގެ މިއޮޕަރޭޝަން ކުރުމަށް އިންޑިއާގެ ކޮޗިންނަށް ދިއުމާއި އެތަނުގައި ތިބުމާއި ކެއުންބުއިމާއި ދަތުރުފަތުރަށް ބޭނުންވާ ޚަރަދު ތައް ކުރުމުގައި މާލީ ޙާލަތު ހުރިގޮތުން ރާއްޖެއިން ބޭރުން މިފަދަ އޮޕަރޭޝަނެއް ކުރުމުގެ ތަނަވަސްކަން އެ ނިކަމެތި އަންހެނާއަށާއި އެކުޑަކުޑަ އާޢީލާއަށް ލިބިފައިނުވެއެވެ. ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންގެ ފަރާތުން ދީލަތި އެހީ ލިބުމަކީ އެ ކުޑަކުޑަ އާޢިލާގެ ވަރަށް ބޮޑު އެދުމާއި އުންމީދެވެ.
އާއިޝަތު ސުޒާނާ 7706462415101 (ރުފިޔާ)،
އާއިޝަތު ސުޒާނާ 7730000000463 (ޑޮލަރ)،
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7853916
“وَمَنْ نَفَّسَ عَنْ أَخِيهِ كُرْبَةً مِنْ كُرَبِ الدُّنْيَا ، نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَإِنَّ اللَّهَ فِي عَوْنِ الْعَبْدِ مَادَامَ الْعَبْدُ فِي عَوْنِ أَخِيهِ” روا مسلم
މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތް ދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”
“ފެންވަރު މީޑީއާ ގުރޫޕް”ގެ އެދުމަކީ ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުން ވީހާވެސް ގިނަ ފަރާތްތަކަށް މިމެސެޖް ޝެއާރ ކޮށްލަދެއްވުމެވެ. އަދި އަޒުޔާންގެ ބައްޔަށް ފަރުވާ ހޯދުމަށްޓަކައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަ ދިނުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ އަޒްޔާންގެ މި ބައްޔަށް ﷲ ތައާލާ އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވައި، އަޒުޔާންގެ ބައްޔަށް ފަރުވާކުރުމަށްޓަކައި ގިނަ ބައެއްގެ އެހީތެރިކަން ލިބޭނޭމަގު ތަނަވަސް ކޮށްދެއްވުމެވެ. އާމީން!
ޔާންގެ މިޙާލުގައި އުޅޭތާ ވީ ދުވަހާއި އުޅުނު ޙާލުގެ ތަފްސީލް ތިރީގައި އެވާ އާޓިކަލްތަކުްނ އެނގިލައްވާނެއެވެ.
ތުއްތު އަޒްޔާންގެ 4 ވަނަ އޮޕަރޭޝަން: ކާންދޭ ހޮޅި ނޭފަތުން ގޮހޮރަށް ބަދަލުކުރަނީ
ތުއްތު އަޒްޔާން: ތިން އަހަރަށް ފަހު ކާންދޭ ހޮޅި ނޭފަތުން ގޮހޮރަށް ބަދަލުކޮށްފި.
ތުއްތު އަޒުޔާނަށް އެހީގެ އަތެއް ފޯރުކޮށްލަ ދެއްވާ! ޔާން ޙާލުގައި އުޅޭތާ 4 އަހަރު












