ރައްޔިތުންގެ މަޖިލިސް އިންތިޚާބު ފެށެން ދާއި ގާތްވެއްޖެއެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި މަޖިލިސް އިންތިޚާބުގެ ފޯރި ވަރަށް ގަދަވެފައިވާ މި ދަނޑިވަޅުގައި ވޯޓު ދޭން ތިއްބެވި ހުރިހައި ރައްޔިތުންވެސް ވިސްނައިލަންޖެހޭ މުހިންމު ކަންކަން ހުންނާނެއެވެ. 
ކޮންމެ ދާއިރާއަކަށް އެތައް ކެންޑިޑޭޓަކު ވާދަކުރައްވާ މި އިންތިޚާބުގައި ދާއިރާއަށާއި، ޤަޢުމާއި ވަޠަނަށް އެންމެ ލާބަޔާއި މަންފާވާނީ ކޮން ކެންޑިޑޭޓަކު އިންތިޚާބު ކުރުންތޯވެސް ކަރުދާސްކޮޅުގައި ފާހަގަ ޖެހުމުގެ ކުރިން ނިންމަން ވާނެއެވެ.
ދަންނަވަންތޯއެވެ؟ ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ ދެކުނު ދާއިރާ ތަމްސީލުކުރުމަށް ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުން މިއަދު ބޭނުންވަނީ ހިތްހެޔޮ، ހިތްތިރި، ތެދުވެރި، އަމާނާތްތެރި، އަދި ދާއިރާގެ އަޑުއަހައި އިއްވައިދެވޭ ފެންވަރުގެ ލަޔާގަތާއި ޤާބިލްކަންހުރި ހުނަރުވެރި ތަޢުލީމީ ޒުވާނެކެވެ.
މި ދެންނެވި ހުރިހައި ޝަރުޠެއް ފުރިހަވާ ހަމައެކަނި ކެންޑިޑޭޓަކީ ތިނަދޫ ދެކުނު ދާއިރާއަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ފުރިހަމަ ތާޢީދާއި އެކު ވާދަކުރައްވާ ކެންޑިޑޭޓު، ކެންޑިޑޭޓު ނަމްބަރު 5 ފާޠިމަތު ސައުދަތު ނޫން ދެވަނަ ފަރާތަކަށް ނުވާނެކަމާއި މެދު ދާއިރާގެ ލޮބުވެތި ރައްޔިތުން ޝައްކެއް ނުކުރައްވާނެކަން ޔަޤީނެވެ.
ތިނަދޫ ދެކުނު ދާއިރާއަކީ އަބަދުވެސް ތަރައްޤީއާއި ތަޢުލީމީ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް އިންތިހާއަށް ލޯބިކުރާ އެކުވެރި އާބާދީއެއް އޮންނަ ދާއިރާއެއްކަން ކަށަވަރެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައިވެސް ތިނަދޫ ދެކުނު ދާއިރާގެ ގޮޑީގައި ފައިހަރުކޮށްލުމުގެ ފުރުޞަތަކީ ތަޢުލީމީ ދާއިރާއިންނާއި ޝާރީއަތުގެ ދާއިރާއިން މާސްޓަރ ހައްދަވައިގެން ހުންނެވި ކެންޑިޑޭޓު ނަމްބަރު 5 ފާޠިމަތު ސައުދަތު އަށް ދެއްވަންވީ ރަނުގެ ފުރުޞަތެއް ނޫންތޯއެވެ.
ދަންނަވަންތޯއެވެ؟ ފާޠިމަތު ސައުދަތު ފަދަ ޤާބިލް ކެންޑިޑޭޓަކު ލިބުމުން ތިނަދޫ ދެކުނު ދާއިރާއަށް ފަހި ފުރުޞަތުތައް ފަހިވެގެން ދާނެކަން ޔަޤީނެވެ. އެހެންކަމުން ފާތިމަތު ސައުދަތު ފަދަ ތަޢުލީމީ ދާއިރާއާއި، ޝަރުޢީ ދާއިރާއިން މަތީ ތަޢުލީމް ޚާޞިލްކުރައްވައި، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ހުނަރާއި ތަޖުރިބާ ހޯއްދަވައިގެން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ކަމުގައިވާ ކެންޑިޑޭޓު ނަމްބަރު 5 ފާތިމަތު ސައުދަތު އިންތިޚާބު ކުރުމަކީ ތިނަދޫ ދެކުނު ދާއިރާ ރައްޔިތުންގެ އުންމީދުކަމުގައި ނުވެ ނުދާނޭކަންވެސް ޔަޤީނެވެ.
ރާއްޖޭގެ ކަންކޮޅުތަކަށް ބަލައިލާއިރު އެބައިމީހުންގެ ދަރިންނާއި ދަރިންގެ ދަރިންނަށް ތަޢުލީމީ ދާއިރާއިން ފަހި ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި ޤުރުބާންވާ މައިންބަފައިން އެންމެ ގިނަ ދާއިރާއަކީ ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުން ކަމުގައި ދެންނެވުކީ ކުށަކަށް ނުވާނެއެވެ.
ތަޢުލީމީ ޖީލެއް ބިނާކުރުމަށްޓަކައި އެހައި ބުރަމަސައްކަތްކުރައްވާ ރައްޔިތަކަށް ޚިދުމަތްކުރަން އެފަދަ ދެވަނައެއްނުވާ ތަޢުލީމީ ދަރިއަކު ކުރިމަތި ލުމުން ތިނަދޫ ދެކުނު ދާއިރާގެ އެއްވެސް ރައްޔިތަކު އެކަމަށް ނޫނެކޭ ނުބުނާނެ ކަމާއި މެދު އެއްވެސް ބޭފުޅަކު ސުވާލެއް ނުކުރައްވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް މިފަހަރު އިންތިޚާބު ކުރަންވާނީ ރައްޔިތުންގެ އިހްސާސްތައް ދަންނަ، ރައްޔިތުންނާއި ބައްދަލުވެ ވާހަކަދެކެވޭ، އަދި ދާއިރާގެ ކަންކަމުގައި ދުނިޔޭގެ ކޮންމެ މަންޒިލެއްގައިވެސް ތެދުބަހުން ބަސްބުނެވޭފަދަ ތައުލީމީ ޤާބިލު ޒުވާނެކެވެ.
މި ދެންނެވި ޒުވާނަކީ ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާ ތިނަދޫދެކެ އިންތިހާއަށް ލޯބިވާ ތިނަދޫގެ ދަރިއެއްކަމުގައިވާ ކެންޑިޑޭޓު ނަމްބަރު 5 ފާޠިމަތު ސައުދަތު ނޫންތޯއެވެ.













