އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ތިނަދޫ ދެކުނުދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރު 5 ސައުދަތު ޝާކިރު މި ދާއިރާއަށް ވާދަކުރެއްވުމަށް ނިންމެވީ ދާއިރާގެ ޙަލަތާއި ވިންދު، އަދި މުޅި ތިނަދޫ ސިޓީއަށް ނިސްބަތްވާ ލޮބުވެތި ރައްޔިތުންގެ ޙާލަތާއި ވިންދުވެސް ވަރަށް ރަނގަޅަށް ދިރާސާ ކޮށް ބެލުމަށްފަހުގައެވެ.
ސައިދަތު ވިދާޅުވީ ޢަދުލު އިންސާފު ޤާއިމްކުރުމާއި ތިނަދޫ ދެކުނުދާއިރާ ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި ދެގޮތެއްވުވެ ބަދަލެއްނުވެ އަބަދުވެސް ދެނިހުންނަވާނެ ކަމުގައެވެ. އަދި މިދާއިރާއަށޤ ވާދަކުރެއްވަނީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ފުރިހަމަ ޙައްލެއް ހޯދައިދިނުމުގެ މަތިވެރި މަޤުޞަދުގައި ކަމަށްވެސް ސައުދަތު ވިދާޅުވި އެވެ. 
”ފެންވަރު އޮންލައިން“އަށް މަޢުލޫމާތު ދެއްވަމުން ސައުދަތު ވިދާޅުވީ ސައުދަތު އެންމެ ފުރަތަމަ ތަޢުލީމް ޚާޞިލްކުރެއްވީ ތނަދޫ ސްކޫލުން ކަމަށާއި އެއަށްފަހު މަތީ ތަޢުލީމް ޚާޞިލް ކުރުމަށް މާލެއަށް ކިޔެވުން ބަދަލުކުރެއްވި ކަމުގައެވެ.
މާލެއަށް ބަދަލުވެ މާލޭ އިންގްލިޝް ސްކޫލުން ކިޔެވުން ނިންމާލުމަށްފަހު އެންމެ ފުރަތަމަ ވަޒީފާއަކީ ނޭޝަނަލް ރަޖިސްޓްރޭޝަންގެ ކޮމްޕިއުޓަރ އޮޕްރޭޓަރެއްގެ ވަޒީފާ އެވެ. އެއަށްފަހު ދެން ބަދަލުވީ ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ކަމަށާއި، އެތަނުގެ ސީނިޔަރ ކްލާރކްގެ މަޤާމް އަދާކުރެއްވި ކަމަށް ވެސް ސައުދަތު ވިދާޅުވި އެވެ.
އެއަށް ފަހު ޤްރްއާން ޓީޗިންގ ޑިޕްލޮމާކޯހެއް ފެއްޓެވި އެވެ. ކޯސް ކުރިއަށް ގެންދިޔަ މުއްދަތުގެ ތެރޭގައި ފުރަތަމަ ދަރިފުޅު ލިބުމާއިގުޅިގެން މަންމަ ކައިރިއަށް ތިނދޫއަށް ބަދަލުވެ ތިނަދޫ އަބޫބަކުރު ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަން ފެއްޓެވި އެވެ.
އޭގެ ފަހުން ޓީޗިންގް ޑިގްރީއަށް ކިޔަވަން ފެއްޓެވި އެވެ. ކޯސް މުޅިން ނުނިމި އުޅެނިކޮށް ކޯސް ހުއްޓާލަން ޖެހުނީ ސައުދަތު ވަރަށްބޮޑަށް ބަލިވުމާއި، ފައިސާގެ ތަނަވަސްކަންވެސް އެވަގުތު ނެތުމާއި ގުޅިގެންނެވެ. އޭގެ ފަހުން ދަރުމަވަންތަ ސްކޫލުގެ ޓީޗަރަކަށް ބަދަލުވެ އެތަނުގައި ވަޒީފާ އަދާކުރަމުން ލޯނެއް ނަގައިގެން ވިލާކޮލެޖުން ހިންގި މާސްޓަރ އޮފް ޝަރީޢާ ކޯސް ފުރިހަމަ ކުރެއްވި އެވެ.
”އޭރު ދަރިފުޅުވެސް ވަރަށް ކުޑަ. އެހެންވެ ބޭރު މީހަކުގެންގުޅުނީ. އަޅުގަނޑު ނުހުންނަ އިރު ދަރިންގެ ކަންތައްތައް ބަލައިލަން. އަޅުގަނޑު ދިޔައީ މަޖީދިއްޔާ ސްކޫލުގެ ޓީޗަރެއްގެ މަޤާމް އަދާކުރަމުން. ވަރަށް ބިޒީކޮށް ދިޔަ ދުވަސްކޮޅެއް އެއީ. ވަޒީފާއަށް ދަމުން ކުދިންގެ ކަންތައް ކުރަމުން އޭރު ދެން އެސައިންމަންޓްތައް ހަދަން އިންނަންވެސް ގޭގަ އިންޓަރނެޓް ނުލިބޭތީ ދަނީ ތަންތަނަށް. ކިހާ ބިޒީ ވާނެތާ. އޭރު އެކަމަކުވެސް ހިތްވަރާއެކު މަސަައްކަތް ކުރީ ރީޓެސްޓް ނަހަދާ ހުރިހާ މާއްދާއަކުންވެސް ރަނގަޅު ނަތީޖާ ނެރެން. އިންޝާﷲ އެކަން ވަރަށް ފުރިހަމައަށް ކާމިޔަބުވި.“ ތިނަދޫ ދެކުނުދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރު 5 ސައުދަތު ޝާކިރު ވިދާޅުވި އެވެ.
ސައުދަތު ވިދާޅުވީ ޝަރީޢާ މާސްޓާރސް ނިންމައި އޭގެ 1 އަހަރު ފަހުން މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ ފުރިހަމަކުރުމުގެ ނަޞީބު ލިބުމުން އެކޯހަށް ވަދެ ކިޔަވަން ފެއްޓެވިކަމުގައެވެ. ނަމަވެސް ކޯސް ނިމިނިމި ހުއްޓައި ދަރިންގެ ބައްޕަޔާއި ވަކިވެ ވަރަށް ހިތި ތަޖްރިބާތަކެއް ކުރަން ޖެހުނުކަމަށްވެސް ސައުދަތު ވިދާޅުވި އެވެ.
ސައުދަތު ވިދާޅުވީ ހިތްދަތިކަމާއި އެކަނިވެރިކަމާއި އެކުވެސް މިހިސާބަށް ކުރި ދަތުރުގެ މަންޒިލަށް ވާސިލްވެވޭތޯ (ކޯސް ނިންމާލުމުގެ) ފުރިހަމަ އަޒުމާއި ހިތްވަރާއި އުންމީދާއި އެކު މަސައްކަތް ކުރެއްވިކަމުގަ އެވެ.
”އޭރުވެސް އުޅުނީ ސްކޫލުގައި ޓީޗަރަކަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން މި އެކަނިވެރި ހިތްދަތި ދުވަސްކޮޅުވެސް ވަރަށް ބުރަ މަސައްކަތުން އިންޝާﷲ މާސްޓަރސް ވެސް ނިންމާލެވުނު. ވަރަށް ރަނގަޅު ނަތީޖާއެއް ލިބުނު.“ ތިނަދޫ ދެކުނުދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރު 5 ސައުދަތު ޝާކިރު ވިދާޅުވި އެވެ.
އެ ދުވަހުން ފެށިގެން ހިތްވަރާއެކު މަސައްކަތް ކުރަމުން އައިސް މިއަދާ ޖެހެންދެން ޓީޗަރެއްގެ ގޮތުގައި ހުރުމަށް ފަހު ޓީޗަރ ކަމުގެ މަޤާމުން އިސްތިޢުފާ ދެއްވީ، އުފަން ރަށާއި ޤަމުމާއި ވަޠަނަށް އޭގެ އެންމެ ފުރިހަމަގޮތުގައި ހިދުމަތްކުރުމުގެ މަތިވެރި މަޤުޞަދުގައެވެ. ސައުދަތުގެ އުންމީދަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުން އާދިއްތަ ދުވަހު ނަގާ ވޯޓުގައި ކެންޑިޑޭޓު ނަމްބަރު5 ސައުދަތު ޝަކުރުއަށް ވޯޓް ދެއްވުމެވެ.
ތިނަދޫ ދެކުނު ދާއިރާ ލޮބުވެތި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކައުތެރިކޮށް ދެއްވާނެ ހަމައެކަނި ކެންޑިޑޭޓަކީ، ތިޔަ ލޮބުވެތި ރައްޔިތުންގެ ކެންޑިޑޭޓު، ސައުދަތު ޝާކިރުއެވެ،













