މަލްދާއަށް ހޭލެވުނީ ބިރުވެރި ހާލެއްގައެވެ. ހަޅޭއްލަވައިގަތް ނަމަވެސް މަންމަ އާރިފާ އާއި ބައްޕަ ކަރީމް ކޮޓަރިއަށް ވަނައިރު މަލްދާ އޮތީ ނިދާފައެވެ. އެހެންކަމުން މަންމައާއި ބައްޕައަށް މަލްދާގެ ހާލު ނޭނގުނެވެ. މަލްދާ ކުޑައިރު ދިމާވި ކަމެއްގެ ސަބަބުން ރޭގަނޑު ބޭރުގައި އިސްތަށިގަނޑު ހިއްކަން އިނުމަށް ކަރީމް ވަރަށް ކަންބޮޑުވެއެވެ.
މަލްދާގެ ރައްޓެއްސެއް ކަމަށްވާ ނަތާގެ އެހީތެރިކަމަށް މަލްދާ އެހެން ގެއަކަށް ދިޔައީމާ ޔާލް (ނަތާގެ ބޯއިފްރެންޑް) ފެނި ބިރުގަތެވެ. ނަމަވެސް ނަތާ ބުނީ އޭނާގެ ބޯއިފްރެންޑް ރަށުގައި ނެތް ކަމަށެވެ. މަލްދާ ރައްޓެހިވެގެން އުޅޭ ހުޝާމްއަކީ، ކަރީމްގެ ރައްޓެއްސެއްގެ ދަރިއެއް ކަމަށް ބުނެ އެގޭގައި އުޅޭ އާނިފް ކަމަށް މަލްދާ ހީކުރެއެވެ. ނަމަވެސް، ނަތާ މެދުވެރިކޮށް ހަޤީގަތް އެނގުމުން ކަރީމްއަށް ޝޮކު ލިބުނެވެ. އާނިފަކީ ހުޝާމްއެއް ނޫނެވެ. އަދި އޭނާއަކީ ކަރީމްގެ ރައްޓެއްސެއްގެ ދަރިއެއްވެސް ނޫނެވެ. އޭނާއަކީ މަލްދާ ކުޑައިރު އޭނާއާ އަޅައިގަތް ޖިންނިއެއްކަން ކަރީމްއަށް އެނގުނެވެ.
އަސްލު ހުޝާމް ރަށަށް އައިސް ނަތާ އާއި ކަރީމްގެ އެހީތެރިކަން ހޯދިއެވެ. އާނިފްއަށް ނަތާއަށް ހަޤީގަތް އެނގޭކަން އެނގުމުން އޭނާ ނަތާއަށް ގޯނާ ކުރަމުން ދިޔައެވެ. އާނިފް ބޭނުންވަނީ މަލްދާއާ ކައިވެނި ކުރާށެވެ. މަލްދާ އޭނާގެ ”ހުޝާމް“ ދެކެ އިންތިހާއަށް ލޯބިވާކަން ހާމަކުރިއެވެ. ކަރީމް ދެކެމުންދިޔައީ އާނިފްގެ ހަޤީގަތް ނޭނގޭ މަލްދާގެ ލޯބި ހާސިލް ކުރުމަށް އާނިފް މަސައްކަތް ކުރަމުންދާ މަންޒަރެވެ.
ކަރީމް، އާރިފާއަށް އާނިފްގެ ހަޤީގަތް ކިޔައިދީ، މަލްދާ ސަލާމަތް ކުރުމަށް ގޭގައި ގިނަގިނައިން ޤުރުއާން ޖަހައި، މަލްދާ ގޭއިން ބޭރަށް ދިޔަ ނުދީ ހިފަހައްޓައި، އާރިފާ މަލްދާ ކައިރީގައި ނިދުމަށް ނަސޭހަތްތެރިވިއެވެ. ކަރީމް ޤުރުއާން ޖަހާފައި ހުރުމުން ރުޅިގަދަވެގެން އާނިފް ގޭއިން ނުކުމެގެން ދިޔައީއެވެ.
އާރިފާ ޤުރުއާން ޖަހައިގެން މަލްދާ ކައިރީ ނިދުމުން، މަލްދާއަށް ދިގު ދުވަސްތަކަކަށްފަހު އަރާމު ނިންޖެއް ލިބުނެވެ. އާނިފް އަނބުރާ އައިސް ކައިވެނީގެ ވާހަކަ ދައްކަން ފެށުމުން، ކަރީމް އޭނާގެ ދޮގުތައް ހާމަވާފަދަ ސުވާލުތައް ކުރިއެވެ. މަލްދާ، އާނިފްއާއެކު ފިލްމަށް ދިއުމަށް ދެކޮޅު ހެދުމުން އާނިފް ރުޅިގަދަވެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ.
ކަރީމްއާއެކު ފިހާރައަށް ދާން މަލްދާ އެއްބަސްވުމުން، ކަރީމް ކާރަށް ކިޔަވާލިއެވެ. ކާރަށް އެރިތަނާހެން މަލްދާ ފޯނުން ވާހަކަ ދެއްކިއެވެ. އޭނާ ކިޔައިދިނީ ހުރިހާ ކަމެއް ރޭވުންތެރިކަމާއެކު ކުރިއަށްދާ ކަމަށާއި، އާނިފްއަށް އެއްވެސް ޝައްކެއް ނުކުރެވޭ ކަމަށެވެ. މަލްދާ ބުނީ ޖިންނިއަކަށް ބާރު ލިބިގެންވީނަމަވެސް، އިންސާނުންނަށް އެއަށްވުރެ ދެގުނަ ބުއްދި ދެއްވާފައިވާ ކަމަށެވެ.
(އަނެއް ބައި އަންނަނީ އިންތިޒާރުކޮށްލައްވާ!)











