Search Streamline Icon: https://streamlinehq.com

ތިންގަޑި ބައި – 09

Header

ކާރަށް އެރިތަނާހެން މަލްދާއަށް ފޯނެއް އައެވެ.

”ކީކޭ ހުޝާމް.“

ކާރީމް ހުރީ ހާސްވެފައެވެ. ބައްޕައާ އެކީ ދާ ތަން އާނިފް ކައިރީ ބުނެފާނެތީއެވެ.

”ހުރިހާ ކަމެއް ޕްލޭނާ އެއްގޮތަށް ދަނީ. އޭނައަށް ވަސްވެސް ނުދުވާނެ. އަހަރެންނާއި ހުޝާމް ވަކިކޮށްލެވޭނޭ ހިތާ ވަރަށް އުފަލުން އޭނަ އެ ހުންނަނީ. އޭނައަށް ނޭގެނީ ކަންނޭގެ ޖިންނިއަކަށް ބާރު ލިބިގެންވަންޏާ އިންސާނުންނަށް އޭގެ ދެގުނަ ބުއްދި ދެއްވާފައިވާކަން.“ މަލްދާ މިހެންބުނެ ކަރީމްގެ މޫނަށް ބަލާލިއެވެ.

ތިންގަޑި ބައި – 08

”ކިހިނެއްވީ ބައްޕާ! ހާދަވަރަކަށް ތިބެލީ، އަހަންނަށް ހުރިހާ ހަގީގަތެއް އެނގިއްޖެ، އާނިފްއަކީ އިންސާނެއް ނޫންކަންވެސް އެނގޭ އެހެންވެ އޭނާއާއެކީ ބޭރަށް ނުދިޔައީވެސް. އަހަރެން މިކަމުން ސަލާމަތްކޮށްދީ ބައްޕާ!“ މަލްދާ ބުނެލިއެވެ.

މަލްދާއަށް ހުރިހާ ކަމެއް ހާމަވުމުން ދެން ކުރަން އުޅޭ ކަންތައްވެސް ފަސޭހަވާނެތީ ކަރީމް އުފާވިއެވެ. އެެހެންކަމުން މަލްދާއަށް ބަލާފަ ކަރީމް ބޯ ޖަހާލިއެވެ.

”ދެން ބުނެބަ ކިހިނެއް ދަރިފުޅަށް އެނގުނީ“ ކަރީމް އަހާލިއެވެ.

”އަހަންނަށް އިއްޔެ އޮޅިގެން ގުޅުނީ ހުޝާމްއަށް. ދެ ނަންބަރެއް އިނުމުން ޗެކްކޮށްލިއިރު އެއް ނަންބަރަކީ މިހާރު ހުޝާމް ކަމަށް ހެދިގެން އުޅޭ މީހާގެ ނަންބަރު އަނެއް ނަންބަރުން ވާހަކަދެއްކީ އަހަރެންގެ ހުޝާމް. ހުޝާމް އަހަންނަށް ހުރިހާ އެއްޗެއް ކިޔައިދީފި.“

ކާރު އައިސް މަޑުކޮށްލީ ގެސްޓު ހައުސްއެއް ކައިރިޔަށެވެ. މަލްދާ ކާރުގައި ބައިންދާފައި ކަރީމް އެތެރެޔަށް ވަދެގެން ދިޔައެވެ. އެތަނަށް މީގެ ކުރިންވެސް ރައްޓެއްސަކާ ބައްދަލުކޮށްލަން މަލްދާ ދިޔަ ދުވަހު ހުޝާމް ފެނުނުހެން ހީވެގެން މަލްދާ ކާރުން ފޭބިއެވެ. އަދި ގެސްޓު ހައުސްއަށް ވަންނަން ދިޔަތަނުން އާނިފް ގޮވާލި އަޑު އިވުނެވެ. މަލްދާއަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގަތް ހެންނެވެ. ބިރުން ހުރެ އެނބުރި ފަހަތް ބަލާލިއިރު އާނިފް ހުރީ މަލްދާގެ ނޭވާގެ ވަސްފޯރާހާ ކައިރީގައެވެ.

”ބިރުން ހަލާކުވެއްޖެ.“

”އެ ކީއްވެ؟“ އާނިފް އަހާލިއެވެ.

”ތިހާ ކައިރީގައި ހުއްޓާ ފެނުމުން.“

”ތީ ނަތާއެކީ ސެލޫނަށް ދާން އުޅުނު މީހާ، މިތާ ކީއްކުރަނީ؟“ އަނެއްކާވެސް އާނިފް ސުވާލުކުރިއެވެ.

މަލްދާ ވަރަށް ހިތްވަރާއެކީ ބިރު ނުގަންނަ ކަމަށް ހެދިގެން ވާހަކަދެއްކިއެވެ.

“ ދާން މިނުކުތީ، އައި މަގުމަތީގަ ބައްޕަ މީހަކާ ބައްދަލުކޮށްލާށޭ ކިޔާ މަޑުކޮށްލީ. އަހަރެން އާނިފްއަށް ގުޅާލަންވެގެން ބޭރަށް ނުކުތްތަނުން ތި އައީ.“ މަލްދާ ބުނެލިއެވެ.

އާނިފް މަލްދާގެ އަތުގައި ހިފާލުމުން އޭނާއަށް ހީވީ އަލިފާނަށް އަތްލެވުނު ހެންނެވެ. އެކަމަކުވެސް ކެތްކޮށްލައިގެން ހުރީއެވެ. މި މަންޒަރު ބަލަން ދުރުގައި ހުޝާމް އާއި ކަރީމް ތިއްބެވެ. އާނިފް މަލްދާއާ ކައިރިވާން އުޅުނުތަން ފެނުމުން ކަރީމް އަވަހަށް ކާރާ ދިމާލަށް ހިނގައިގަތެވެ. އަދި މަލްދާ ކައިރީ ކާރަށް އެރުމަށް ބުނެ އޭނާވެސް ކާރަށް އެރީއެވެ. އާނިފް ހުރީ ވާނުވާގައެވެ. ކަރީމް އޭނާއާ ވާހަކަ ނުދެއްކުމުން ވަރަށް ހައިރާންވެފައެވެ.

ކާރު ނައްޓާލުމުން އާނިފް ގެސްޓު ހައުސްގެ ތެރެޔަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ހުޝާމް ކޮޓަރީގެ ދޮރުލައްޕާލިއެވެ. އިރުކޮޅަކުން ދޮރުގައި ޓަކި ޖަހާ އަޑު އިވުނުނަމަވެސް ހުޝާމް ދޮރު ނުހުޅުވިއެވެ. އެހެންކަމުން އާނިފް ދެން މިސްރާބު ޖަހާލީ ކަރީމުގެ ކާރާ ދިމާލަށެވެ. އެމީހުން ދާ ތަނެއް ބެލުމަށެވެ. ހުޝާމުގެ ކޮޓަރީގެ ދޮރުކައިރީ ހުރި އާނިފް ޖެހި ވިދުވަރެއްހެން ގެއްލުނެވެ. މަތިން އުދުހެމުން ދިޔައިރު މަގުމަތީ ދުއްވަމުން ދިޔަ ކާރުތަކަށް އޭނާ ނަޒަރު ހިންގާލިއެވެ. ނަމަވެސް ކަރީމުގެ ކާރު ނުފެނުނެވެ.

ގަޑިން11 ޖެހީއެވެ. މަލްދާ ނިދަން އޮށޯންނަމުން ޝަހާދަތް ކިޔައި ކުރުސި އަދި ފަލަގި ނާސި ތިން ސޫރަތް ކިޔަވައި ގަޔަށް ފުމެލިއެވެ. އެވަގުތު ޖެހިލި ރޯޅިޔާއެކީ ކޮޓަރީގެ ކުޑަދޮރުން އެއްޗެއް ބޭރުވިތަން ފެނުނެވެ. މަލްދާ އަވަސް އަވަހަށް ގޮސް ބިސްމި ކިޔާފައި ދޮރުލައްޕާ ތަންޑު އެޅުވިއެވެ. އަދި މަންމައަށް ގޮވާލުމުން އާރިފާ އައިސް އޭނާ ކައިރީ އޮށޯވެ ނިދީއެވެ.

ކުއްލިއަކަށް ހޭލެވުނީ މީހަކު މަލްދާއަށް ގޮވާ އަޑަށެވެ.

”މަލްދާ! މީ ހުޝާމްއޭ، އާދެބަ ބޭރަށް،!“ އެހީ ހުޝާމްގެ އަޑުކަމުގައިވީނަމަވެސް މިގަޑީގައި ހުޝާމް އެގެޔަށް ނާންނާނެކަން އޭނާއަށް އެނގެއެވެ. އެހެންވެ އަޑުއިވޭ ކަމަކަށް ނަހަދާ ފޯނުން ބަގަރާ ސޫރަތް ޖަހައިގެން އޮވެ ނިދީއެވެ.

މަންޒަރު ބަލަން ކުދަދޮރު ކައިރީ ބޭރުގައި ހުރި އާނިފް ވަރަށް ރުޅިގަދަވިއެވެ. ދެލޯ ހީވަނީ އަނގުރު އަލިފާން ހެންނެވެ. މަލްދާގެ އަމަލުތައް ތަފާތުކަން އާނިފްއަށް ފާހަގަކުރެވުނެވެ.

ޖެހިގެން އައި ދުވަހު ހެދުނު ހެދުނާ އާނިފް އެގެޔަށް ދިޔައެވެ. ”ކޮބާ މަލްދާ!“ ގެޔަށް ވަނުމާއެކު އާނިފް އާރިފާ ކައިރިން އަހާލިއެވެ.

”އޭނާ ބައްޕައާއެކު ފިހާރައަކަށް ގޮސްވީ.“

މަލްދާ އާ ކަރީމް ހެމުން އައިސް ގެޔަށް ވަން މަންޒަރު ބަލަން އާނިފް އިނީ ރުޅި އައިސްފައެވެ.

”އަހަރެން މަތިން ފޫހިވީތަ އަނެއްކާ!“ އާނިފް އަހާލިއެވެ.

”ކީކޭ ތިބުނީ. ކާކު ބުނީ އަހަރެން ފޫހިވިޔޭ“ މަލްދާ ބުނެލިއެވެ.

”އެހެންޏާ ގުޅީމަ ފޯނު ނެގޭ ކަމަކަށް ނުވޭ، ގެޔަށް އަޔަސް ބައްދަލު ނުވޭ، އަހަންނާއެކީ ބޭރަށް ދެވޭ ކަމަކަށް ނުވޭ.“ އާނިފް ޝަކުވާ ކުރިއެވެ.

”ވެދާނެއެއްނު ހަގީގަތް އެނގުނީ ކަމަށްވެސް ދޯ!“ މަލްދާ މިހެން ބުނުމުން ކަރީމް އޭނާ ގައިގަ ކޮއްޓާލިއެވެ.

”ދަރިފުޅުމެންވެސް ދެން އުޅޭގޮތްދޯ، ކޮން ޒުވާބެއް، ހިނގާ ކާން ދާން މިހާރު އެއޮތް10 ޖަހަނީ އަދި ހެދުނު ނާސްތާނުކޮށް ތިހުންނަނީ.!“ މިހެން ބުނެ ކަރީމް މަލްދާ ގޮވައިގެން އެތެރެޔަށް ހިނގައިގަތެވެ.

މަލްދާ ބުނި ބަހަށް އާނިފް ވިސްނާލިއެވެ. އޭނާއަކީ ހުޝާމް ނޫންކަން މަލްދާއަށް ޝައްކުވަނީބާއޭ ނޫނީ މަލްދާ ހަގީގަތުގައިވެސް އޭނާ މަތިން ފޫހިވީބާއޭ ހިތަށް އެރިއެވެ. ނަމަވެސް އާނިފް ހުރީ ދޫކޮށްލާ ހިޔާލެއްގައެއް ނޫނެވެ.

”ބައްޕާ އެބައަންނަން މޫނު ދޮވެލާ ހަދައިގެން“

މަލްދާގެ ފަހަތުން އާނިފް ދާން އުޅުމުން ކަރީމް އާނިފްއަށް ގޮވާ ގެނެސް ކައިރީގައި ބޭންދިއެވެ. އަދި ވާހަކަދައްކަން ފެށުމުން އާނިފްގެ ޝައްކު ފިލައިދިޔައެވެ.

”ދަރިފުޅު މިހާރު މިގެޔަށް ނާންނަނީ ކީއްވެ. ހިނގާބަ މާދަން ރޭ ބައްޕައާ އެކީ މީހަކާ ބައްދަލުކޮށްލަން. ދަރިފުޅު ބައްޕަ އައިސްގެން އުޅޭކަން އެގޭތަ!“ ކަރީމް މިހެން ބުނުމުން އާނިފް ވަރަށް ހައިރާންވެ ކަންބޮޑުވިއެވެ. ހުޝާމް ބައްޕައަކީ ކާކު ކަމެއްވެސް އޭނާއަކަށް ނޭގެއެވެ. އަދި އޭނާ ފެނުނަސް ހުޝާމް ބައްޕައަށް ނޭގޭނެއެވެ.

”ބައްޕައާ ދިމާވި، އަހަރެން ބުނަން ހަދާން ނެތުނީ.“

”ކޮން އިރަކު ބައްޕަ އައީ؟“ ކަރީމް އަހާލިއެވެ.

އެ ސުވާލަށް ދޭނެ ޖަވާބެއް ނޭގި ވިސްނުމަށްފަހު އިއްޔެ ކަމަށް އާނިފް ބުނެލިއެވެ. އެހެންކަމުން ހިނިގަނޑެއް ޖަހާލާފައި ކަރީމް ބުނީ މަލްދާއާއި އޭނާ އެއައީ ހުޝާމްގެ ބައްޕަ ބަލާ އެއާޕޯޓަށް ގޮސްސަ ކަމަށެވެ. ބައްޕަ އައި ދުވަހެއް އާނިފްއަށް ނޭގުމުން އަދި ދޮގުހެދިކަން ހާމަވުމުން އާނިފްވެސް ލަދުގަތެވެ.

އާނިފް ބުނާނެ އެއްޗެއް ނޭގި އުޅެނިކޮށް ކަރީމް މިރޭ ބައްޕައާ ބައްދަލުކުރަން ދާން ބުނުމުން އޭނާ ބޯ ޖަހާލިއެވެ. އެވަގުތު މަލްދާ ކޮބައިތޯ ބަލާލަން ދާން އުޅުމުން ކަރީމް އާނިފްގެ އަތުގައި ހިފާފައި މަޑުކޮށްލަން ބުނެލުމުން އިތުރު ގޮތެއް ނެތިގެން އިނީއެވެ.

”އޭނާ އެބައިން ބޭރުގަ، ބައްޕަ ވާހަކައިގައި އޭނާ ހިފައްޓައިގެން އިނީ، މިރޭ ގެންދާނަން އޭނާ ބައްޕައާ ދިމާކުރުވަން. އެނގިދާނެތާ ވާގޮތެއް. ކޮންމެ ގޮތެއް ވިޔަސް މިރޭ އޭނާއަށް ހަގީގަތް ހާމަވާނެ. މިހާރުވެސް ހުޝާމް އުޅޭ ގެސްޓުހައުސްގެ ކޮޓަރިވެސް އޭނާއަށް ފާހަގަކުރެވިފަ ހުރީ. އެހެންވެ އަވަހަށް އެހެން ގެޔަކަށް ޔޫ ބަދަލުކޮށްލީވެސް. “ މަލްދާ ފޯނުން ވާހަކަދެއްކިއެވެ.

”މަލް! އަހަރެން ހިޔެއް ނުކުރަން މަލް ތިހާ ކުޅަދާނަ ކަމަށް، މިބުނީ ބިރުކުޑަ. ޖެހިލުމެއްވެސް ނުވޭ ޖިންނިއެއްކަން އެނގޭއިރު ވާހަކަދައްކާލަންވެސް ހަމަޖެހިލާފަ. މިރޭ ބައްޕަ އޭނާ ގޮވައިގެން މިކޮޅަށް އަންނަން ނުކުތުމުން މަލް ވާނެ ތަވީދު އަޅުވަން އުނގުގަ، ދެން މަންމައާއެކީ މިކޮޅަށް އަންނާނީ ދެމައިންވެސް ހަށި ރައްކާކޮށްގެން. މީ ބޮޑު ރެޔެއް.“ ހުޝާމް ބުނެލިއެވެ.

އާނިފްއާ މަލްދާ ކައި ނިމިގެން ބުރެއް އަޅާލަން ދާން ނުކުތްތަނުން ކަރީމްއަށް ގޮތެއް ވާން ފެށިއެވެ. އެވަގުތު އާރިފާ މަގަށް ނުކުމެ މަލްދާއަށް ގޮވާލިއެވެ. އަދި ކަރީމްއަށް ކަމެއްވެގެން އުޅޭ ވާހަކަ ބުނުމުން މަލްދާ ދުވެފަ އައިސް އަނބުރާ ގެޔަށް ވަނެވެ. ފަހަތުން އާނިފް ދިޔައެވެ. މަލްދާ އާ އާރިފާ ކަރީމް ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. މަންޒަރު ބަލަން ހުރި އާނިފްގެ ތުންފަތްމަތީ ވިހަ ހިނިތުންވުމެއް ކުޅެލިއެވެ.

(ނުނިމޭ)

Leave a Reply

Your email address will not be published. Required fields are marked *