މާލެ ސީޓީގެ ފެނާއި ކަރަންޓުގެ އަގު ކުޑަ ކުރުމަށް ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މާލޭގެ އިންތިހާބީ ފުރަތަމަ މޭޔަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ވަބާ ފެތުރިފައިވާ މި ދަނޑިވަޅުގައި، ގިނަ ވަގުތު ކާފިއު އިއުލާންކޮށްފައި އޮތުމުން އެތައް ބައެއްގެ އާމްދަނިއަށް އަސަރުކޮށްފައިވާ ކަމަށެވެެ.
”ވުމާއެކު މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުން އެދި ގޮވާލަން،“ ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދާ އެމްޑަބްލިއުއެސްސީ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯ ޓެގް ކުރައްވައި، މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވި
ކޮވިޑް 19 ގެ ނުރައްކާތެރި މި ޙާލަތުގައި، މާލެ ސިޓީގައި ގިނަ ވަގުތު ކަރފިޔު އިޢުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ ޢާމްދަނީއަށް އަސަރުކޮށްފި!
— Dr Mohamed Muizzu (@MMuizzu) May 21, 2021
ވުމާއެކު، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުން އެދި ގޮވާލަން. @STELCOMALDIVES @MWSC_Official













