Search Streamline Icon: https://streamlinehq.com

އެދުވަހު މިވާހަކަތައް ނުދެއްކެވީ ކީއްވެތޯ؟

Supreem Cout
Advertisement

މިއަދު ދިވެހިރާއްޖޭގެ ވެށިން ފެންނަމުން މިދަނީ ރާއްޖޭގައި ތިއްބެވި ބައެއް ފަނޑިޔާރުންނާއި ފަނޑިޔާރުކަން ކުރައްވާފައި ތިއްބެވި ބައެއްބޭފުޅުން ނުކުންނަވާ ސަރުކާރު އޮރިޔާންކުރުމުގެ ނިޔަތުގައި ސަޕޯޓްކުރާ ފަރާތުގެ ސުޕްރީމްކޯޓްގެ ޝަރީޢަތަށް ނުފޫޒުފޯރުވަން ފެއްޓެވިތަނެވެ.

ސަރުކާރުގެ ވެރިން ތިމަންނަމެން ފަނޑިޔާރުންނަށް ގުޅުއްވާ ޙުކުމްކުރައްވަން ބާރުއެޅުއްވި ވާހަކައެވެ. ޙުކުމް ކުރުމަކީ ފަނޑިޔާރުންގެ ޒިންމާއެއްކަން ހަނދާން ނެތުނީބާއެވެ؟  ނޫސްތަކުން ފެންނަނީ ފަނޑިޔާރަކު ސަރުކާރުގެ އިސްފަރާތާ ގުޅުއްވާ މިވެނިމީހަކަށް ސުޕްރީމުކޯޓުގެ ފަނޑިޔާރުކަންދެއްވަން އުޅުއްވާތީ ކަންބޮޑުވެގެން އުޅުއްވީމާ އެކަމަށް ރައްދުދެއްވާ ތިޔަ ފަނޑިޔާރަށްވެސް އެފުރުޞަތު އޮތްކަމަށް ވިދާޅުވިކަމަށެވެ. އަދި ރައްދުގައި ތިޔަހެން ކަންތައް ކުރައްވާނަމަ އަހަރެމެންވެސް ކަންކުރާނެގޮތް އެނގޭކަމަށް އެވިދާޅުވާ ފަނޑިޔާރު ވިދާޅުވިކަމަށެވެ. މިވާހަކަތަކުން ސަރުކާރުގެ އިސްފަރާތުން ފަނޑިޔާރަކަށް ނުފޫޒެއް ފޯރުވަން އުޅުއްވިކަން ސާބިތެއްނުވެއެވެ.

ހިތަށްއަރަނީ ﷲ ތަޢާލާއަށް ބިރުވެތިނުވެ އިސްފަރާތެއްގެ ފޯނުކޯލަކަށް ބިރުފުޅު ގަންނަނީ ކީއްވެތޯއެވެ. އާޚިރަތަށްވުރެ ދުނިޔޭގެ ދަހިވެތިކަން ބޮޑުވީތޯއެވެ؟ ކީއްވެތޯ އެދުވަހު މިވާހަކަތައް ނުދެއްކެވީ މިއަދު ރުހެވޭ ފަރާތުގެ ޝަރީޢަތެއް ސުޕްރީމުކޯޓުގައި ހިނގަމުންދާއިރު މިވާހަކަތައް ދައްކަވަނީ؟ މިކަމުން ފެންނަ މަންޒަރަކީ ޝަރީޢަތަށް ފަނޑިޔާރުން ފިކުރީ ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާތަނެވެ. ހަނދާނަށް އަންނަނީ ސަދޫމުގައި ޝަރީޢަތުގެ އަގުދެއްކިމީހާއަށް ޢަދުލުން ބޭރުން ޙުކުމުކުރި ދުވަސްވަރެވެ.

ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ  7 ވަނަ ސޫރަތުގެ 175، 176، 177، 178 މިހަތަރު އާޔަތުން ފެންނަންއޮތީ: 175 ތިމަންރަސްކަލާނގެ އާޔަތްތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެ ޚަބަރު ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! ދެން ޝައިޠޯނާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެތެރެއިން އޭނާވިއެވެ.(މިތަނުގައި އާޔަތް ތަކުގެ މުރާދެއްކަމަށް ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ ޢިލްމު ދެއްވުމެވެ.)

176ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެ އާޔަތްތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް ތަބަޢަ ވިއެވެ. ފަހެ އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް ޙަމަލާ ދިިނަސް، ދޫ ނެރެގެން އޮވެ މާނޭވާލާނެއެވެ. ނުވަތަ އޭތިދޫކޮށްލިއަސް، ދޫނެރެގެން އޮވެ މާނޭވާލާނެއެވެ. ތިމަން ރަސްކަލާނގެ އާޔަތް ތައް ދޮގުކުޅަމީހުންގެ މިސާލަކީ އެއީއެވެ. ފަހެ، ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ!  (އެއީ) އެއުރެން ފިކުރުކުރުމަށްޓަކައެވެ. ތަފުސީރު ޢިލްމުވެރިން ވިދާޅުވަނީ ބިމަށް ލެބިގަތުމޭ އޮތް ބަސްފުޅުގެ މުރާދަކީ ރަނގަޅުގޮތް ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަވުމެވެ. (ތަފްސީރު ޢިލްމުވެރިން މި އާޔަގުގައިވާ ކުއްތާގެ މިސާލާ ބެހޭގޮތުން ވިދާޅުވަނީ މިފަދަ މީހުން އަބަދުވެސް ތިބޭނީ ނުބައި ގޮތުގެތެރޭގައެވެ. ރަނގަޅެއް ނުވާނެއެވެ.)

Advertisement

177ތިމަން ރަސްކަލާނގެ އާޔަތް ތައް ދޮގުކޮށް، އަދި ހަމަ އެއުރެންގެ އަމިއްލަ ނަފުސް ތަކަށް އަނިޔާވެރިވެ އުޅުނުމީހުން، މިސާލެއްގެ ގޮތުން ނުބައިކަމާއެވެ! 178  ﷲ ތެދުމަގު ދެއްކެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިގެންވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދާމީހާ، (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ ގެއްލެނިވެގެންވާ މީހާއެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޙަދީސް ކުރައްވަނީ ޤާޟީން ތިން ބާވަތަކަށް ބެހިގެންވާ ކަމަށެވެ. އެއީ ޢިލްމު ނޭގި ފަނޑިޔާރުކަންކުރާ މީހާ ދެވަނަ ބާވަތަކީ އެނގިހުރެ ނުބައިކޮށް ކުރާމީހާ ތިންވަނަ ބާވަތަކީ އެނގިހުރެ ރަނގަޅަށް ފަނޑިޔާރުކަން ކުރާމީހާއެވެ. މީގެތެރެއިން ފުރަތަމަ ދެ ބާވަތަކީ ނަރައިގެ އަހުލުވެރިން ކަމެވެ. މިއަދު މިފެންނަނީ ބައެއް ފަނޑިޔާރުން ދޫނެރެ މާނޭވާލާ އަނގަ ތަޅުވާތަނެވެ. އަދި ހަމަ ފެންނަނީ ބައެއް ފަނޑިޔާރުން މަޤާމުން ދުރުކުރީމާވެސް ދޫ ނެރެ މާނޭވާލާފައި އަނގަ ތަޅުވާތަނެވެ.

ދުނިޔެ ފެށުނީއްސުރު ކޮންމެ ދުވަސްވަރެއްގައިވެސް ފަނޑިޔާރުން ވެސް އަދި އެހެނިހެން ބައެއްމީހުންވެސް މަޤާމުގެ ކުރިއެރުން ހޯދަން އެއިރެއްގެ ސަރުކާރަށް ނުފޫޒުފޯރުވުމަށް އެކިކަހަލަ އުކުޅުތައް ބޭނުންކުރެއެވެ. އަދިހަމައެހެންމެ މިދުވަސްވަރަކީ ހިތަށްއެރިވަރަކަށް އަނގައިގެ މިނިވަންކަން ލިބި ވެރިއެއް ނޯކަރެއް ނޭނގޭ ދުވަސްރެއްކަންވެސް ވިސްނާލަންޖެހެއެވެ. އެކަމަކުއިސްލާމުދީނުގައި ﷲ ތަޢާލާ އަންގަވަނީ އެއްބަޔަކު އަނެއްބަޔަކަށްވުރެ ދަރަޖަ މަތިވެރިކުރެއްވީމެވެ. އެއީ އެއްބަޔަކު އަނެއްބަޔަކަށް ޚިދުމަތްކުރުމަށެވެ. އަދިވެސް އަންގަވާފައިވެއެވެ. އެއްބަޔަކަށްވުރެ އަނެއްބަޔަކު ދަރަޖަ މަތިވެރިކުރެއްވީ އެމީހުންނަށް ލިބުނު ތަނަވަސްކަމުން ހޭދަކުރޭތޯ ބެއްލެވުމަށެވެ.

ޤާޟީއަކު މަޤާމުގައި ހުންނަވައިގެން ސަރުކާރުގެ އެންމެއިސް ވެރިޔާގެ ކާޓޫން ހަދާ ކަރުގައި ވާގަޑެއްޖަހައިންގެ މީޑިޔާގެތެރޭގައި ފެތުރި އިރުވެސް މިނިވަންކަމުގެ ދަށުން ރައީސްގެ ފަރާތްޕުޅުން ދަޢުވާއެއް ނުކުރައްވާތީ މިދެންނެވި ޤާޟީއަށް އެކުށުގެ ޝަރުޢީ އަދަބެއް ނުލިބުނެވެ. ގައުމީހަޔާތުގައި މި ލޮބުވެތި ދިވެހި ޤައުމު ހަލަބޮލިވެ އަޚުލާޤު ގެއްލި ރައްޔިތުންނަށް މަގުދައްކަން ތިއްބެވި ފަނޑިޔާރުން މިގޮތަށް ދޫ ނެރުއްވައިގެން ފިކުރީގޮތުން ކޯޓުތަކަށް ނުފޫޒު ފޯރުވުމުން މިކަމަށް ފަރުވާ ލިބޭނީ  މަދަނީ ޖަމުޢިއްޔާތަކުން އެއްބާރުން ލިބި ޤައުމުގެ މަސްލަޙަތުގައި ނުކުންނަވައިގެންނެވެ. މިއަދަކު ސަރުކާރުން ސީރާޒީ ފަނޑިޔާރަށް ހެނދިގޮތް ހައްދަވާކަށް ޑިމޮކްރަސީ ތަނެއް ނުދޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި