Search Streamline Icon: https://streamlinehq.com

ތިންގަޑި ބައި – 04

Header

ހުޝާމް ބުނާގޮތުން އޭނަ ހުރީ މާލޭގައެވެ. އާރިފާ ބުނާގޮތުގައި ހުޝާމް ނުވަތަ އާނިފް ހުރީ އެރަށުގައި އެގޭގައެވެ. މިވާ ގޮތެއް ނަތާއަކަށް ނުވިސްނުނެވެ.

ނަތާ ވަރަށް ވިސްނާލިއެވެ. މަލްދާއަށް ގުޅުމުން ފޯނެއް ނުނަގައެވެ. އެހެންކަމުން ނަތާ އަވަސްވެގަތީ އެގެޔަށް ދިޔުމަށެވެ. އެބުނާ ހުޝާމް އެއް ބަލާލުމަށެވެ. ސައިކަލް ޕާކުކޮށްލުމަށްފަހު ނަތާ ގޮސް މަލްދާގެ ގޭގެ ދޮރާށިން ވަންތަނުން ނަތާއަށް ފެނިގެންދިޔައީ މަލްދާ އާއި އާރިފާ ވާހަކަ ދައްކަން ބޭރު ޖޯލީގައި ތިއްބައެވެ.

”އަހަ ނަތާ! ކޮން ދަތުރެއް. މަގުއޮޅުނީތަ؟ އެހެންޏާ މިގެ ފެންނަވެސް ކުއްޖެއް ނޫން ތީ!“ އާރިފާ އަހާލިއެވެ.

”މަލްދާ ނުފެނި ގިނަ ދުވަސްވުމުން އޭނަ މަތިން ހަދާންވެގެން މިގެޔަށް މިއައީ. ގުޅިޔަސް ފޯނުވެސް ނަގަނީ ނޫންވިއްޔާ!“ ނަތާ މަލްދާ ކައިރީ ކޯލީގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.

”އަހަރެން މިދުވަސްކޮޅު ވަރަށް ބިޒީކޮށް އުޅޭތީ ބޭރަށް ނުނުކުންނަން ވަރަށް ދޯ މަންމާ!“ މަލްދާ ބުނެލިއެވެ.

އާ! އެހެންނޭ ވާނީ މިހާރު ދެކުދިންގެ ކައިވެނިވެސް މިއޮތް ގާތްވަނީ ވިއްޔާ“ އާރިފާ މިހެން ބުނުމުން ނަތާ މަލްދާގެ މޫނަށް ބަލާލިއެވެ. މަލްދާގެ މޫނުމަތިން ފެނިގެންދިޔައީ ލަދުރަކި ހިނިތުންވުމެކެވެ.

”މަލްދާ ހާދަ ވަގޭ. އަންގާވެސް ނުލާ. ކޮންއިރަކު މެރީ އޮތީ؟ އިންޓްރޯކޮށްދޭންވާނެ ދޯ!“ ނަތާ ބުނެލިއެވެ.

ޖޫސްތައްޓެއް ހިފައިގެން އަންނާނަމޭ ބުނެ އާރިފާ އެތެރެޔަށް ހިނގައިގަތެވެ. އާރިފާ ދިޔުމުން ފުރުސަތުގެ ބޭނުން ހިފައި ނަތާ މަލްދާ އާއި ސުވާލުކޮށްލިއެވެ.

”މަލް! މަންމަ ބުނި ހުޝާމް މިކޮޅުގަ ހުރި ވާހަކަ އެއީ ތެދެއްތަ؟“ ނަތާ މިހެން ބުނުމުން މަލްދާ ބޯޖަހާލިއެވެ.

ނަތާ މަސައްކަތްކުރީ ހުޝާމް އާއި ބެހޭ މައުލޫމާތު ހޯދާށެވެ.

”މަލް ކުރިން ހުޝާމް ދެކުނިންތަ؟ އައި މީން ފޯނުން ރައްޓެހިވެގެން އުޅުނީމަ މިހެން މިބުނީ. އާރިފައްތަ ބުނީ ކޮންމެވެސް އާނިފް އެކޯ ކިޔަނީ.“

”އަހަރެން ހުޝާމް ދެކުނިން ވީޑިޔޯ ކޯލަކުން. އާނިފް އެއީ ހުޝާމްގެ ފުރިހަމަ ނަން. ރައްޓެހިން އޭނައަށް ކިޔައި އުޅެނީ ހުޝާމް. އަދި ނަތާއަށް ހުޝާމް ނުފެނޭ ދޯ. މަޑުކުރޭ އިންޓްރޯ ކޮށްލާނަން.“

މިހެން ބުނެ މަލްދާ ހުޝާމްއަށް ގޮވާލިއެވެ. ގޭތެރެއިން ނުކުމެގެން ދޮން ރީތި ފިރިހެންވަންތަ އިސްކޮޅުން ދިގު ފިރިހެނެކެވެ. ހުޝާމް ފެނި ނަތާވެސް ފެންކަޅިވިއެވެ.

”ހުޝާމް މީ އަހަރެންގެ ބެސްޓްފްރެންޑް ނަތާ. ނަތާ މީ މަގޭ ވާން އުޅޭ ހުޝާމް.“

ުޝާމް ސަލާންކުރަން އަތްދިއްކޮށްލުމުން ނަތާ އޭނައާ ސަލާންކޮށްލިއެވެ. އެއަތް ފިނިކަމުން ނަތާއަށް ހީވީ އައިސް ޕެކެއްގައި އަތްލެވުނު ހެންނެވެ. އަވަހަށް އަތް ދަމައިގެންފިއެވެ. އެވަގުތު ނަތާގެ ފޯނަށް މެސެޖެއް އައުމުން ފޯނު ބަލާލުމަށްފަހު ނަތާ ވަގުވަގަށް ހުޝާމްގެ ފޮޓޯއެއް ނަގާލިއެވެ. ހުޝާމް އާއި ނަތާ ކައިރީގައި ތިއްބާއެވެ.

”މިރޭ މިގޭގަ އޮންނަ ބާބަކިއު އަކަށް އަންނަންވާނެ އޯކޭ.“ ހުޝާމް މިހެން ބުނުމުން އޯކޭ ބުނުމަށްފަހު ނަތާ ނުކުމެގެން ދިޔައީއެވެ.

ނަތާ ގޭގެ ދޮރާށިން ނުކުތް ވަގުތަކީ ކަރީމް އައިސް ގެޔަށް ވަން ވަގުތެވެ. އަތުގެ އިޝާރާތުން ގުޅާނަމޭ ބުނެ ނަތާ ނުކުމެގެން ދިޔައީއެވެ.

ދަރިފުޅާ! މިހާރު އެއޮތް އަސުރު ނަމާދަށްވެސް ގޮވީ. އަދި ތިއުޅެނީ މެންދުރު ނަމާދު ނުކޮށް. އަވަހަށްދޭ ނަމާދުކޮށްލަން. އާނިފް ކޮބާ ނަމާދު ކޮށްލިންތަ؟ ދެކުދިންވެސްވާނެ ނަމާދުކޮށްލަން އިނގޭ!“ ކަރީމް މިހެން ބުނެފައި އެތެރެޔަށް ވަދެގެން ދިޔުމުން ހުޝާމް ކަރީމްއަށް ލޯ އަޅާލިއެވެ.

ކަރީމް އެތެރެޔަށްވަދެ ޤުރުއާން ޖަހާލުމުން ހުޝާމް މަލްދާ ގޮވައިގެން ބޭރަށް ނުކުތީއެވެ.

މިމަންޒަރު ބަލަން އިން ކަރީމް ފޯނު ނަގައި މީހަކަށް ގުޅާލިއެވެ.

”އަހަރެމެންނަށް ހީވީ ހަމަ ރަނގަޅަށް. މިކަމަށް ދެން ޖެހޭނީ ވަގުތު ފާއިތުނުވަނީސް ފިޔަވަޅެއް އަޅަން.“

”ކޮންކަމަކަށް ފިޔަވަޅު އަޅާ ވާހަކަތަ ތިދައްކަނީ؟“ އާރިފާ މިހެން އަހާލުމުން ކަރީމް ފޯނު ބާއްވާފައި ވާހަކަ އޮޅުވާލިއެވެ.

ޖެހިގެން އައި ރޭ މަލްދާގެ ގޭގައި އޮތް ބާބަކިއު އަކަށް ނަތާ އައީ ފިރިހެނަކާއެކުއެވެ. ބަލާބެލުމަށް އެއީ ނަތާގެ ބައްޕަ އުމުރުގެ މީހެކެވެ.

ކަރީމް އެމީހާ އާއި ސަލާމް ކުރުމަށްފަހު ގޭތެރެޔަށް ގޮވައިގެން ހިނގައިގަތެވެ.

”އެއީ ކާކުތަ؟“ ނަތާ ކައިރިން މަލްދާ އަހާލިއެވެ.

”އެއީ މަލްދާގެ ބައްޕަގެ ރައްޓެއްސެއް. އޭނަ މިކޮޅުގައި ހުރުމުން މިގެޔަށް ގެނައީ.“

ބާބަކިއު ފޮޓޯ ނަގަމުންދިޔަ ނަތާ މަލްދާ އާއި ހުޝާމްގެ ފޮޓޯވެސް ނެގިއެވެ. މަލްދާ އެކީގައި މަޖާކުރަމުން ދަނިކޮށް ނަތާގެ ފޯނަށް އައި ކޯލަކަށް ޖަވާބު ދެމުން ނަތާ ދުރަށް ޖެހިލިއެވެ. އަދި ވީޑިޔޯކޯލް ކޮށްގެން  ހުރި ހުޝާމްއަށް މަލްދާ އާއި އާނިފް ދައްކާލިއެވެ.

މަލްދާ އެހާ އުފާވެރިކޮށް ހުއްޓާ ދުވަހަކުވެސް ހުޝާމް ނުދެކެއެވެ. ހުޝާމްއަށް ރޮވުނެވެ. ނަތާ ފޯނު ކަނޑާލާފައި އެމީހުން ކައިރިޔަށް ދިޔައެވެ.

”މިދެމެދަށް ވަންނަން ނޫޅޭތީ. އޭރުން މާ ރަނގަޅެއް ނުވާނެ“ ނަތާ ސިއްސައިގެން ދިޔައީ އޭނަގެ ކަންފަތްދޮށުގައި މީހަކު ބުނެލި ބަހަކުންނެވެ.

ނަތާ އެނބުރި ބަލާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދެން ނަތާ އަށް ބަލާލެވުނީ އާނިފް އާއި ދިމާލަށެވެ. އާނިފްގެ ތުންފަތްމަތީ ވިހަ ހިނިތުންވުމެއް ކުޅެލިއެވެ.

ކަރީމް އާނިފްއަށް ގޮވާލުމުން އޭނަ އެތެރެޔަށް ދިޔައެވެ.

އެވަގުތު މަލްދާގެ ފޯނު ރިންގުވާން ފެށިއެވެ.

”ހުޝާމް!“ މަލްދާ ފޯނު ނެގޠ ހިނިތުންވުމާއެކުގައެވެ. އެހެންނަމަވެސް ހުޝާމްގެ މޫނުމަތިން ފެނިގެން ދިޔައީ މާޔޫސީ އާއި ހިތާމައެވެ.

”މަލް. މީ މަލްގެ ހުޝާމް. މަލް ކައިރީ ތިއުޅެނީ ހުޝާމް އެއް ނޫން. މަލްއަށް އަހަރެން ފެނުމުންވެސް ނޭގެނީތަ؟“ ހުޝާމްގެ ވާހަކައިން މަލްދާ ހުރީ ވާނުވާ ގައެވެ. ހުޝާމް މިކިޔަނީ ކީކޭބާއޭ ހިތަށް އެރިއެވެ.

މަލްދާ އެއްޗެއް ބުނަން އުޅުނުތަނުން ފޯނުގެ ވައިފައި ކެޑުނީއެވެ. އާނިފް ނުކުމެގެން އައީ ހެމުންނެވެ.

”ސާބަސް ހުޝާމް! އަހަރެން ބިރުގަންނުވަންތަ ތިއުޅެނީ!“

”އާ! ސަމާސާކޮށްލީ. މަލްދާ ބިރުގަންނަވަރެއް ބަލާލީ.“ އާނިފް މިހެން ބުނެ ނަތާ އާ ދިމާލަށް ކަޅިއަޅާލިއެވެ.

”ހުޝާމް ކީއްވެ އަހަންނަށް މަލްދާ ކިޔަނީ. ހުޝާމް ކުރިން އެހެން ނުކިޔާނެ.“

މަލްދާ މިހެން ބުނުމުން ހުޝާމް ހާސްވިއެވެ. އެހެންނަމަވެސް އެހާސްކަން މޫނުމަތިން ނުދައްކާ ވާހަކަ އޮޅުވާލިއެވެ. އެހެންނަމަވެސް މަލްދާ އަނެއްކާވެސް އެސުވާލުކޮށްލިއެވެ.

”ދެން މަލްދާ ބުނެބަ އަހަރެން ކީކޭ ކިޔާފަ ގޮވަނީ ކުރިން؟“

”އަހަރެން ނުބުނާނަން. މިފަހަރު ހުޝާމް ޖެހޭނީ ބުނަން.“

 މަލްދާގެ ވާހަކަތަކުން އާނިފް ރުޅިގަދަވިއެވެ.

(ނުނިމޭ)

3 ކޮމެންޓް

  1. ތަންކޮޅެއްއަވަހަށް ދެންހުރިޕާޓް ތައް ނެރެދެއްވުން އެދެން !

  2. ދެން ކޮންދުވަހަކުން 5 ވަނަޕާޓް އަޕް ކޮއްލެވޭނީ؟
    ޥ އަވަހަށް އަޕްކޮއޮްލަބަލަ !ޕލޒ ޕލޒ ޕލޒ

  3. ހާދައިންތިޒާރެކޭ ކުރަންތިޖައްސަނީ.
    ދެން ކުރިއައް ގެންދަން ނޭގުނީ؟

Leave a Reply

Your email address will not be published. Required fields are marked *