Search Streamline Icon: https://streamlinehq.com

ބޭރުގެ ފަރާތަކުން ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށް ސަރުކާރަށް ގޮވާލަން. ޑީއެންއޭ

Umaru Naseeru

ކޮވިޑުގެ ސަބަބުން ރާއްޖެ ނުރައްކައުތެރި ހާލަތަށް ވެއްޓިވައިވާ މިކަހަލަ ދަތި ދުވަސްތަކާ ދިމާކޮށް ބޭރުގެ އެއްވެސް ފަރާތަކުން ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށް ސަރުކާރަށް ގޮވާލައްވާ ކަމުގައި ޑީއޭއެންގޭ ލީޑަރ އަދި ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮވިޑުގެ މިހާލަތާއި ގުޅިގެން ޑީއޭއެންއޭއިން އާއްމުކުރި ވީޑިއޯ ބަޔާނެއްގަ އެވެ.

ޑީއޭއެންއޭގެ ވީޑިއޯ ބަޔާނުގައި ޢުމަރު ވިދާޅުވެފައިވަނީ ކޮވިޑުގެ ނުރައްކައުތެރި ޙާލަތާއި ރާއްޖެ އަނެއްކާއި ވެސް މިވަނީ ކުރިމަތިލާން ޖެހިފައިކަމަށާއި، މިވަގުތު މުހިންމީ މިކަން މިދިމާވީ ކާކުގެ އިހުމާލުންތޯ ބަލައި އެކަކު އަނެކަކަށް ފާޑުކިއުންނޫން ކަމުގަ އެވެ. އަދި މިވަގުތު މުހިންމީ މިޙާލަތުން ރާއްޖެއަށް އަރައިގަނެވޭނެ އެންމެ ކުރުމަގަކީ ކޮބައިތޯ ބަލައި އެމަގަކުން ނުކުމެވޭތޯ މަސައްކަތް ކުރުންކަކަށްވެސް ޑީއޭއެންގެ ބަޔާނުގައި ޢުމަރު ވިދާޅުވެފައި ވެއެވެ.

”މިއީ ސަރުކާރަށް ދެވެން އޮތް އެންމެ ބޮޑު އެއްބާރުލުމެއް އަޅުގަނޑުމެން އެންމެން ދޭންވީ ވަގުތު. ކޮވިޑުގެ ނުރައްކައުތެރި ޙާލަތުގައި ރާއްޖެ ހޭދަކުރާތާ ގާތްގަނޑަކަށް ދޮޅުއަހަރުވަނީ.

ޑީއޭއެންއޭގެ ފަރާތުން އަޅުގަނޑު އިލްތިމާސްކުރާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ބޯލެންބެވުމަށާއި ގައިދުރުކަމާއި މާސްކު އެޅުންފަދަ އަސާސީ ކަންކަމަށް ފަރުވާތެރިވެލެއްވުމަށް. އަދި މިއީ ސަރުކާރުންވެސް އެބޭފުޅުންގެ ލީޑަޝިޕާއި ހިންގުންތެރިކަން ދައްކަވަންވީ ވަގުތު.“ ޑީއޭއެންއޭގެ ބަޔާނުގައި ޢުމަރު ވިދާޅުވެފައި ވެއެވެ.

މި ވަގުތަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ވެރިން ކުރިމަތިލައްވައި، ރައްޔިތުންނަށް އެކިއެކި މެސެޖުތައް ދެއްވަންވީ ވަގުތެވެ. އަދި ޞިއްޙީ ދާއިރާގެ ހިއްވަރުގަދަ ހީވާގި ބޭފުޅުންނަށް ހިއްވަރުދެއްވަންވީ ވަގުތުކަމަށް ވެސް އެ ބަޔާނުގައި ޢުމަރު ވިދާޅުވެފައި ވެއެވެ.

”ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން މިހާރު އިޢުލާނު ކުރައްވާފައިވާ ފިޔަވަޅުތަކަށް ޑީއެންއޭގެ ފަރާތުން މަރުޙަބާކިޔަން. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމު ޞިއްޙަތާ ގުޅޭގޮތުން ފިޔަވަޅުތައް އަޅުއްވާއިރު އިޤުތިޞާދީ ގޮތުން ފުންވަޅުގަނޑަކަށް ޤައުމު ވެއްޓުނަ ނުދިނުމަށްޓަކައި ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރުމާއި‘ ދުވަހުން ދުވަހަށް އާމްދަނީ ހޯދައިގެން ދިރިއުޅުން ހަމަސައްމުން ގެންދާ ފަރާތްތަކަށް އިންކަމް ސަޕޯޓް ރޯރުކޮށް ދިނުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ޢުމަރު ވިދާޅުވި އެވެ.

ޢުމަރު ވިދާޅުވީ މިހާލުގައި ވަކިން ޚާއްޞަކޮށް ފަޤީރު އާޢިލާތަކާއި‘ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ދަތިޙާލުގައި އުޅޭމީހުންނަށް އެހީ ފޮރުކޮށްދެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސަވައި ދެއްވުމަށް އިލްތިމާސް ކުރައްވާ ކަމުގަ އެވެ.

އަދި މިކަހަލަ ދަތި ދުވަސްތަކާ ދިމާކޮށް ބޭރުގެ އެއްވެސް ފަރާތަކުން ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށްވެސް ޑީއެންއޭގެ ބަޔާނުގައި ޢުމަރު ވިދާޅުވެފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި