Search Streamline Icon: https://streamlinehq.com

މީދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަން މުއިއްޒު ވައުދުވެއްޖެ

Dr. Muizzu

ދ.މީދޫގައި ސްޕޯތްސް ކޮމްޕްލެކްސްއެއް އަޅައިދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މީދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ޒުވާނުންނަށް އިސްކަންދީފައިވާ ކަމަށާއި ޒުވާނުންނަށް ހާއްސަކޮށް މީދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދޭނެ ކަމަށެވެ.

ދ.މީދޫއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ތަމްސީލް ކުރައްވާ ދާއިރާގައި ހިމެނޭ ރަށެކެވެ. އެރަށަށް ވަޑައިގަތުމުން އެރަށު ރައްޔިތުން މުއިއްޒުއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރަށުގެ ތަރައްގީ އަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެ ތަނުން އެއް ކަމަކީ ރަށުގެ ބިން ހިއްކުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެ ބިމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންވެ، މުއިއްޒު ވަނީ އެ ސަރަހައްދުގައި ގެދޮރުވެރިކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

މީގެއިތުރުން ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ދެއްވާނެ ކަމަށާއި އެ ރަށުގައި މަސްވެރިންނަށް ހާއްސަކޮށްގެން އައިސް ޕްލާންޓެއް އަޅުއްވައި ދެއްވާނެ ކަމުގެ ވައުދެވެ. އަދި މީދޫ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، ލެބޯޓަރީގެ ހިދުމަތާއި އެކްސްރޭގެ ހިދުމަތް ތައާރަފްކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ފަހު ކަމަކަށް މުއިއްޒު ވައުދުވެވަޑައިގެންނެވީ އެ ރަށުގައި ސްޕޯޓްސް ކޮމްޕެލްކްސްއެއް އަޅުއްވާނެ ކަމުގެ ވައުދެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި