Search Streamline Icon: https://streamlinehq.com

ޢުމަރު ނަޞީރަށް ޙަމަލާދީފަ ފިލައިފި

Umar Naseer 2023 fenvaru Online

ކުރީގެ ހޯމް މިނިސްޓަރ އަދި މިއަހަރު ބާއްވާ ވާދަވެރި ރިޔާސީ އިްނތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ޢުމަރު ނަޞީރަށް ހަމަލާދީފި އެވެ.

ޢުމަރު ނަޞީރުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ މިއަދު މާލޭގައި އުމަރު ބޭއްވި ރޯޑް ރެލީ ކުރިއަށް ދަނިކޮށް، ޑްރަގް ވިއްކާ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހަކު ދަގަޑު އެއްޗެއް އެއްލާ ޢުމަރު ނަޞީރުގެ މޫނުމަތީ ޖެހުމަށް ފަހު ފިލާފައި ވާކަމުގައެވެ.  އަދި އުމަރުގެ ސިކިއުރިޓީ ގެ ގޮތުގައި ތިއްބެވި ސިފައިން މިހާރުވަނީ އެމީހާގެ ފޮޓޯ ފުލުހުންނާ ހިއްސާ ކުރައްވާފައި ކަމަށްވެސް އުމަރުގެ މެސެޖގައި ވިދާޅުވެފައިވެއެވެ.

މިހާދިސާގެ ސަބަބުން ޢުމަރު ނަޞީރަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް ވެސް އެ މެސެޖުގައި އުމަރު ވިދާލުވެފައި ވެ އެވެ.

ރިޔާސީ ރޭހުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އުމަރު ގެންދަވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުން ނެވެ. ރަށްރަށަށް ކުރައްވާ ކެމެޕެއިން ދަތުރުތަކުގައި އުމަރު ވިދާޅުވަމުންދަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނަށް ޢުމަރުގެ ވެރިކަމެއްގައި މަރުގެ އަދަބު ދޭނެ ކަމުގަ އެވެ. އަދި މަސްތުވާ ތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ އުމަރު ކަމަށް ވެސް އުމަރު ދަނީ ބަކާލާތު ކުރައްވަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި