Search Streamline Icon: https://streamlinehq.com

ބިމެއް އޮތް ކޮންމެ މީހަކަށް ގެދޮރު އަޅައިދޭން ސަރުކާރުން ހާއްސަ ފަންޑެއް ގާއިމްކޮށް ގެދޮރު އަޅައިދޭނަން: މުއިއްޒު

Dr. Muizzu

ބިމެއް އޮތް ކޮންމެ މީހަކަށް ބިމުގައި ގެދޮރު އަޅައިދޭން ސަރުކާރުން ހާއްސަ ފަންޑެއް ގާއިމްކޮށް ގެދޮރު އަޅައިދެއްވާނޭ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

މުއިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ އިއުލާން ކުރުމަށް ހުޅުމާލޭގެ ހިޔާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ބިމެއް އޮތް ކޮންމެ މީހަކަށް ބިމުގައި ގެދޮރު އަޅައިދޭން ސަރުކާރުން ހާއްސަ ފަންޑެއް ގާއިމްކޮށް، ގެދޮރު އަޅައިދޭނެ ކަމަވެ.

އަދި މީގެއިތުރުން ގެދޮރު އަޅައިދޭނީ ފަހުން ފައިސާ ދައްކާ ގޮތަށް އަދި ވެރިފަރާތުން ބޭނުންވާ ޑިޒައިނަކަށް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ގެދޮރު އިމާރާތްކުރަން ލުއި ލޯނު ހަމަޖައްސައި ދިނުމާއި މާލެ ސަރަހައްދުގެ އިތުރުން ދެކުނާއި އުތުރުގައި ހާއްސަ އާބަން ހަތް ސަރަހައްދެއް ތަރައްގީ ކުރުމާއި ސިނާއީ މަސައްކަތްތައް ތަރައްގީ ކުރުމާ އެކު ޓްރާންސްޝިޕްމަންޓް ބަނދަރުތަކެއް ގާއިމްކުރުން ވެސް މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް 20 އަހަރަށް އަމާޒުކޮށްގެން ހަދާފައިވާ އެ މެނިފެސްޓޯގެ ދަށުން ބޯހިޔާވަހިކަން ނުލިބޭ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި