Search Streamline Icon: https://streamlinehq.com

މި ސަރުކާރަށް އާމްދަނީ ލިބޭ އެންމެ ބޮޑު އެއް ކަމަކީ ސްޓިކާ ޖަހައިގެން ހޯދާ ޖޫރިމަނާ ފައިސާ: މުއިއްޒު

Dr. Muizzu

މި ސަރުކާރަށް އާމްދަނީ ލިބޭ އެންމެ ބޮޑު އެއް ކަމަކީ ސްޓިކާ ޖަހައިގެން ހޯދާ ޖޫރިމަނާ ފައިސާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ އަދުލުވެރި އިންސާފުވެރި ވެރިކަމެއް ކުރާނެ ކަމަށާއި އަދި މި ސަރުކާރުގައި ކޮށްފައިވާ ޕާކިން ޖޫރިމަނާތައް މައާފު ކޮށްދޭނޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން ސްޓިކާ ޖަހާ ޖަހާ ގޮސް އެތައް ހާސް ރުފިޔާއެއް ޖޫރިމަނާ އަރާފައިވާ ކަމަށާއި އެއީ އެއްވެސް އިންސާފެއް ނޫންކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި  އެކަމަށް ހައްލެއް ހޯދައިދޭނޭ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މި ސަރުކާރުން ސްޓިކާ ޖެހުމުގެ ކަންތަކަށް ހައްލެއް ލިބެން އޮއްވާ ނުގެނެސް ޖޫރިމަނާ ކުރަނީކަމަށާއި އަދި މި ސަރުކާރަށް އާމްދަނީ ލިބޭ އެންމެ ބޮޑު އެއް ކަމަކީ އެއީ ޖޫރިމަނާ ފައިސާކަމަށެވެ.

”ޕާކިން ޖޫރިމަނާ އެއްކޮށް އިރާދަކުރެއްވިއްޔާ ހުރިހާ ރައްޔިތުންނަށް މާފުކޮށްދޭނަން،“ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި ޕާކިން ބިލްޑިންތައް ހަދަން ސިޓީ ކައުންސިލުން ރޭވި ނަމަވެސް ސަރުކާރުން އެކަން ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި  ޕާކިން ބިލްޑިންތައް ގާއިމްކޮށް، ޕާކިން މައްސަލަ އެއްކޮށްދޭނޭ ކަމަށް ވިދާޅުވިއެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި