Search Streamline Icon: https://streamlinehq.com

ކުރިޔަށް އޮތް 15 ދުވަހު ވަޒީފާއަށް ބިރުނުގަނެ ނިކުމެވަޑައިގަންނަވާ

Muizzu

މި ސަރުކާރުގެ ފިއްތުންތަކަށް ބިރުނުގަނެ، ތިމާ ތާއީދު ކުރާ ކެންޑިޑޭޓެއްގެ ފަހަތުން ކެރިގެން ނިކުތުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ކެންޑިޑޭޓް ނަމްބަރު 4 ޑރ. މުޙައްމަދު މުއިއްޒު ގޮވާލަައްވައިފި އެވެ.

މުއިއްޒު މިހެންވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ނ. ވެލިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގަ އެވެ.

ޑރ މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ކުންފުނިތަކުގައި ތިބި ޒުވާނުންނަށް އޮތީ ވަޒީފާގެ ބިރުވެރިކަން ކަމުގަ އެވެ. އަދި ސަރުކާރަށް ތާއީދު ނުކުރާކަން ހާމަކޮށްފިނަމަ ވަޒީފާ ގެއްލޭނެކަމުގެ ބިރުކަމަށާއި، އެހެންކަމުން އެފަދަ ޒުވާނުންނަށް ބިރުންނުތިބެ ނިކުތުމަށާއި، ވަޒީފާ ގެއްލިއްޖެނަމަ އަނބުރާ ވަޒީފާ ހޯދަވައިދެއްވާނެކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

”މިހާރު ކުރިޔަށް މިއޮތް 15 ދުވަހު ނިކުމެ ވަޑައިނަވާ، ރޭގަ ފުނަދޫގަ، މަމްދޫޙް ކިޔާ ވަރަށް ހިތްވަރުގަދަ ޒުވާންބޭފުޅެއް، ބޭންކެއްގަ ވަޒީފާ އަދާކުރައްވަނީ. ނިކުމެވަޑައިގެން މަސައްކަތް އެ ފެއްޓެވީ. އެގޮތަށް އެހެން ރަށްތަކުގެ ޒުވާނުންނަށްވެސް  ނިކުމެ މި އިންތިހާބުގައި ތި ޒުވާނުންގެ ހުރި ޖޯޝާއި ފޯރި ދައްކުވައިދޭށޭ. ވަޒީފާ ގެއްލިއްޖެ ނަމަ އަޅުގަނޑުމެން އައިސް އަނބުރާ ވަޒީފާއަށް ލައިދޭނަން، އެއަށްވުރެ ރަގަޅު ވަޒީފާ ދޭނަން“

ޑރ މުއިއްޒު ވިދާޅުވީ ވަޒީފާގެ ބިރުވެރިކަން އޮތީ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އެކަނި ނޫންކަމުގަ އެވެ. އަދި އެ ޒުވާނުންގެ އާއިލާތަކަށްވެސް އެ ބިރުވެރިކަން އޮންނަކަމަށާއި، އެގޮތުން ސަރުކާރާ އިދިކޮޅު ކެންޑިޑޭޓަކަށް ތާއީދުކޮށް ވަޒީފާގައި ހުރި ޒުވާނާގެ މަންމަ، ބައްޕަ، ނޫނީ އާއިލާގެ މެންބަރަކު ނިކުމެ ސަލާމް ކޮށްލިޔަސް ވަޒީފާ ގެއްލިދާނެކަމުގެ ބިރު އޮންނަކަމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިމާވާ ރައްޔިތުން ބުނަމުން އަންނަކަމަށްވެސް ޑރ މުއިއްޒު ވިދާޅުވި އެވެ.

އަންނަ މަހު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރާއިރު، އެންމެ ވާދަވެރިކަމާއިއެކު ކެމްޕެއިންތައް ކުރިޔަށް ގެންދަވާ ތަން ފެންނަނީ މިހާރު ވެރިކަމުގައި އޮތް އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަން ޕީޕީއެމް ޕީއެންސީގެ ފަރާތުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި