Search Streamline Icon: https://streamlinehq.com

އެއީ އަހަރެންގެ ދައްތަ- ހަތަރުވަނަ ބައި

Dheenee Vaahaka

އެއީ އަހަރެންގެ ދައްތަ- ހަތަރުވަނަ ބައި

އަހަރެން ވަރަށް އަވަހަށް ދާއިމީ ދިރިހުރުމުގެ ފުރަތަމަ ދުވަހާއި ބައްދަލުކުރަން ޖެހިދާނެ. އެއީ ވަރަށްދިގު ދަތުރެއްއެދަތުރަށްޓަކައި އަހަރެންނަށް މާބޮޑު ހެޔޮކަމެއް ރައްކާކުރެވިފައެއްނެތް.“ ނޫރާގެ އެބަސްތަކުން އަހަރެންގެ ލޮލުން ހުދު އަހަރެންނަށްވެސް ނޭންގި ކަރުނަތައް ސިއްރުން ފައިބަން ފެށިއެވެ. އެންމެފަހުން އަހަރެންނަށް ރޮވެންފެށިއެވެ. އޭނާވެސް އަހަރެންގެ ރުއިމުގައި ބައިވެރިވިއެވެ.

އަހަރެމެން ދެބެންމެ އެކަކު އަނެކަކުގެ އަތުގައި ހިފަހައްޓައިގެން ތިބެ ރޮމުން ދިޔައީމެވެ. އަހަރެންގެ ލޮލުން ފޭބި ކަރުނަ ތިކިތައް ދައްތަގެ އަތްމައްޗަށް ފައިބަމުން ދިޔައެވެ. މި މަންޒަރު ބަލަން ކަންބޮޑުވެފައި ބައްޕަ ހުއްޓެވެ. މީގެ ކުރިން އަހަރެން މިފަދައިން ރޮނިކޮށް ބައްޕައަށް ފެނިފައެއް ނުވާނެއެވެ. އަހަރެން ގޭގެ ކޮޓަރީގައި ހިތްދަތި ދުވަހެއްގެ އިރު އުދަރެހުން އޮބާލާ މަންޒަރު ބަލަން އިނީމެވެ. މުޅިގޭތެރޭގައިވެސް ރަސްކަންކުރަމުންދިޔައީ ހަމަހިމޭންކަމެވެ. އަހަރެންގެ ބޮޑުބޭބެގެ ކުއްޖެއް ކޮޓަރިއަށް އައިސް ވަނެވެ. އަދި މަޑުމަޑުން ގޭތެރޭގައި މެހުމާނުން އިތުރުވަމުންދިޔައެވެ. ހުރިހާ އެންމެންގެ އަޑުތައްވަނީ އެކަތިގަނޑަކަށްވެފައެވެ. އަހަރެންނަށް ޔަޤީންކުރެވުނީ ހަމަ އެންމެކަމެކެވެ.

ދައްތަ ނޫރާ މި ދުނިޔެއާއި ވަކިވެއްޖެއެވެ! މިކޮޓަރިއަށް ވަދެނިކުމެވީ ކޮންބައެއްކަމެއް އަހަރެންނަކަށް ނޭންގެއެވެ. އަމުދުން އެމީހުން ދެއްކީ ކޮންވާހަކަތަކެއްކަމެއްވެސް އަހަރެންނަކަށް ނޭންގުނެވެ. މާތް ރަސްކަލާކޯއެވެ. އަހަރެންނަށް މިވަނީ ކިހިނެތްހެއްޔެވެ؟ އަހަރެންނަކަށް އިތުރަކަށް ނުވެސް ރޮވުނެވެ. އަހަރެންގެ ހަނދާނުގައި ހުރީ އެންމެ ކަމެކެވެ. އެއީ ނުރާ އޭނާގެ އެންމެ ފަހުގެ ވަގުތުތައް ބަލި އެނދުގައި އޮވެ ގުނަމުންދިޔަ ވަގުތެވެ. އެހިނދު ނޫރާ ކިޔެވި އާޔަތުގެމަތިން އަހަރެން ހަނދާންވިއެވެ: { وَٱلۡتَفَّتِ ٱلسَّاقُ بِٱلسَّاقِ } ”އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅާލެވޭ ހިނދެވެ.“ – (29-75) އަހަރެންނަށް ޖެހިގެން އޮތް އާޔަތުގެ ތެދުކަން މާބޮޑަށްވެސް ޔަޤީންކުރެވުނެވެ. { إِلَىٰ رَبِّكَ يَوۡمَٮِٕذٍ ٱلۡمَسَاقُ } ”އެދުވަހުން އެމީހަކު ގެންދެވުންވަނީ، ތިބާގެ ވެރިރަސްކަލާނގެ ހަޟްރަތަށެވެ.“ – (30-75)} އަހަރެން މަޑުމަޑުން ދައްތަގެ ނަމާދު ކޮޓަރިއަށް ވަނީމެވެ. އަދި ހަމަހިމޭންވެފައިވާ ނޫރާގެ ހެދުން އަލަމާރިއަށާއި، ބަސްހުއްޓިފައިވާ ލޯގަނޑަށް ބަލާލީމެވެ.

އަހަރެން އަހަރެންނާއެކު މަންމަގެ ރަހިމް ހިއްސާކުރި ދައްތަގެ ހަނދާން އާކުރީމެވެ. ނޫރާއަކީ އަހަރެންގެ އެއްމާބަނޑު ދައްތައެވެ. އަހަރެން އަހަރެންގެ ހިތާމަތައް ހިއްސާކުރި ދައްތަގެ މަތިން ހަނދާންކުރީމެވެ. އެއީ އަހަރެންގެ ހަޔާތުގެ ބަނަ ދުވަސްތަކުގައި އަހަރެން މަސަލަސްކޮށްދިން ދައްތައެވެ. އަދި އަހަރެންނަށް ތެދުމަދު ލިބުމަށްއެދި ﷲ އަށް ދުޢާކުރުމުގައި ދެމިހުރި ލޯބިވާ ދައްތަގެ މަތިން ހަނދާންކުރީމެވެ. ދައްތަވަނީ އަހަރެންނަށްޓަކައި އެތަކެއް ދިގު ރޭތަކެއް ރުއިމުގައި ހޭދަކޮށްފައެވެ.

މަރާއި ތިމާގެ ޢަމަލުތަކާމެދު ތިމާ ޒިންމާވާންޖެހޭ ދުވަހުގެ މަތިން ހަނދާންކޮށްދިނުމުގައެވެ. މާތް ﷲ އަހަރެމެން އެންމެން ނަރަކައިން ސަލާމަތްކުރައްވާށިއެވެ. މިއީ ނުރާ އޭނާގެ ކައްވަޅުގައި ހޭދަކުރާނޭ ފުރަތަމަ ރެޔެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ ނޫރާއަށް ރަޙްމަތްލައްވާ އޭނާގެ ކައްވަޅު އަލިކޮށްދެއްވާފާންދޭވެ. މިއީ އޭނާ ކިޔަވަން ގެންގުޅުނު މުސްހަފެވެ.

އަދި މިއީ އޭނާގެ ނަމާދު މުސައްލައެވެ. ދެން އެވަނީ މަޑު ފިޔާތޮށި ފިނިފެންމާ ކުލައިގެ ހެދުމެކެވެ. އެއީ ނޫރާ އޭނާގެ ކައިވެނީގެ ދުވަހަށްޓަކައި ރައްކާކޮށްފައިވާ ހެދުމެކެވެ. ހަމައެކަނި އޭނާގެ ފިރިމީހާއަށްޓަކައެވެ. އަހަރެން އަހަރެންގެ ދައްތަގެ މަތިން ހަނދާންކުރީމެވެ. އަދި ވޭތުވެދިޔަ ތަނުގައި އަހަރެން އިސްރާފުކޮށް ބޭކާރުކޮށްފައިވާ ދުވަސްތަކާއިމެދު ހިތާމަކޮށް ރުއިމެވެ.

އަދި ﷲ ގެ ހަޟްރަތުން އަހަރެންނަށް ރަޙްމަތްލައްވާ ފާފަފުއްސަވައިދެއްވުން އެދި ދެންނެވީމެވެ. އަދި އަހަރެންގެ ދައްތައަށް ދައްތަ އޭނާގެ ދުޢާގައި އަބަދުމެ އެދޭފަދައިން ކައްވަޅުގައި ސާބިތުކަންދެއްވުންއެދި ދެންނެވީމެވެ. ކުއްލިއަކަށް އަހަރެންގެ ނަފްސައް ސިހުމެއް ވެރިވިއެވެ.

އަދި ހަށިގަނޑު ތުރުތުރުލާންފެށިއެވެ. އަހަރެން އަހަރެންގެ ނަފުސާ ސުވާލުކުރީމެވެ. ”މިއަދު އެމަރުވީ އަހަރެންނަމަ… ދެންވާނީ ކިހިނެތްހެއްޔެވެ؟ އަހަރެންގެ ނިމުންވާނީ ކޮންފަދައަކުން ހެއްޔެވެ؟ އަހަރެންގެ ހިތުގައި އުފެދިގެންދިޔަ ބިރުވެރިކަމުގެ ސަބަބުން އަނެއްކާވެސް ހޯސްލާފައި އަހަރެންގެ ލޮލުން ކަރުނަތައް އޮހިގަތެވެ. ﷲ އަކްބަރު، ﷲ އަކްބަރު… (އެންމެބޮޑީ ﷲ އެވެ. އެންމެބޮޑީ ﷲ އެވެ.) ރޭގަނޑުގެ ހަމަހިމޭން ކަމުގެ ތެރެއިން މިސްކުތުން ބަންގީގެ އަޑު ފާޅުވާންފެށިއެވެ. މިފަހަރު އެ އަޑުގައިވަނީ ކޮންފަ ޖާދޫއެއް ހެއްޔެވެ. މަތިވެރިކަމާއި ބާރު އެ ލަފްޒުތަކުން އަހަރެންނަށް މިރޭ ސިފަވަމުންދިޔައެވެ. މުއައްދިން އިއްވަމުންދިޔަ ބަންގީގެ ލަފްޒުތައް އަހަރެން މަޑުމަޑުން ތަކުރާރުކުރަމުންދިޔައިރު ހިތައް ހަމަޖެހުމާއި އަމާންކަން ވެރިވެގެންދިޔައެވެ. އަހަރެން އަހަރެންގެ ބުރުގާ ބޮލާއިއެކު އަޅާ ނިވާކޮށްލީމެވެ.

އަދި ފަތިސްނަމާދުކުރުމަށް ތެދުވީމެވެ. އަހަރެން ނަމާދުކުރީ އެއީ އަހަރެންގެ ހަޔާތުގެ އެންމެފަހު ނަމާދުކަމުގައި ދެކިގެންނެވެ. އަހަރެންގެ އުޚްތު ނޫރާ އިއްޔެގެ ފަތިސްނަމާދު ކުރިފަދައިންނެވެ. އެއީ އޭނާގެ އެންމެފަހުގެ ފަތިސް ނަމާދެވެ. މިހާރު އަދި އިންޝާﷲ އަހަރެންގެ މުޅިއުމުރުގައިވެސް އަހަރެންނަށް ހެނދުނު ހޭލެވިއްޖެނަމަ ހަވީރުވަންދެން ދުނިޔޭގައި ހުރެވިދާނެކަމަށް އަހަރެން އުންމީދެއް ނުކުރަމެވެ.

އަދި ހަވީރުވުމުން ހެނދުނުވަންދެން ދުނިޔޭގައި ހުރެވޭނެކަމަށް އަހަރެން އުންމީދެއް ނުކުރަމެވެ. އަހަރެމެން ކޮންމެ މީހަކީވެސް ނޫރާ އެކުރި ދަތުރާ ކުރިމަތިލާންޖެހޭނޭ މީހެކެވެ. މިއަދު ނީނޫ މާދަމައެވެ. ވީއިރު އެދަތުރައްޓަކައި އަހަރެމެން ތައްޔާރުކުރީ ކޮންއެއްޗެއްހެއްޔެވެ؟ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ އީމާންކަމުގެ ފޭރާމުން އަޅަމެން ޒީނަތްތެރިކުރައްވާފާންދޭވެ! އަދި އަޅަމެންނީ ހައްޤުގެ މަގުގައި ހިފައި ތެދުމަގަށް ގޮވާލާ ބަޔަކު ކަމުގައި ލައްވާފާންދޭވެ!

– އާމީން

ނިމުނީ

Leave a Reply

Your email address will not be published. Required fields are marked *