Search Streamline Icon: https://streamlinehq.com

ނައިފަރުގައި ރައްޔިތުން ބޭނުންވާ ވަރުގެ ބޮޑު ބަނދަރެއް ހަދައިދޭނަން: ޤާސިމް

F4IlwEYbkAAksRt

ޅ. ނައިފަރުގައި އެރަށުގެ ރައްޔިތުން ބޭނުންވާ ވަރުގެ ބޮޑު ބަނދަރެއް ހައްދަވައިދެއްވާނޭ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާަސިމް އިބުރާހީމް ވަޢުދުވެ ވެވަޑައިގެންފިއެވެ.

މިއަދު ޅ.ނައިފަރުގައި ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ, އެމަނިކުފާނުގެ ވެރިކަމެއްގައި ނައިފަރުގައި ރައްޔިތުން ބޭނުންވާވަރުގެ ބޮޑު ބަނދަރެއް ހައްދައިދެއްވާނޭ ކަމަށެވެ.

އެ ކަމުގެ އިތުރުން ނައިފަރަށް ކޮށްދެއްވާނެ އިތުރު ކަންކަން ހާމަ ކުރައްވަމުން ގާސިމް ވިދާޅުވީ އެ ރަށަކީ ވެސް އާބާދީގެ ގޮތުން ބޮޑު ރަށެއް ކަމަށެވެ. އަދި އެއީ ތައުލީމީ، އަދި ޒަމާނުއްސުރެން ވެސް ބޭސްވެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ރަށެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

އަދި ނައިފަރަކީ އިންސާނުން ތަރުބިއްޔަތު ކުރުމުގެ ރޮނގުން ވަރަށް ގިނަ މަސައްކަތް ތަކެއް ކުރައްވާފައިވާ ރަށެއްކަމަށާއި އަދި އެއީ އެމަނިކުފާނަށް ސިއްރުވާ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އަދި ނައިފަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޭސްފަރުވާ ކުރުމަށާ، އަދި ތައުލީމު އުނގެނުމަށް އައިސް އުޅުނު ރަށެއްކަމަށާއި އެއީ ޒަމާނުއްސުރެން އެންމެން ދަންނަ ހަގީގަތެއްކަމަށް ވެސް ގާސިމު ވިދާޅުވިއެވެ.

އެހެން ކަމުން މިފަދަ ތާރީޚެއް އޮތް ރަށަކަށް އިސްކަންދީގެން މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ޤާސިމް ވަނީ ނައިފަރަށް ގިނަ ކަންކަން ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި