Search Streamline Icon: https://streamlinehq.com

ހުކުރު ދުވަހު ކަހުފު ސޫރަތް ކިޔެވުމުގެ މާތްކަން

5f7adad57379a31694a39871 quran
Advertisement

ހުކުރު ދުވަހަކީ ފަހްތާގެ ޚާއްޞަ ދުވަހެއްގެ ގޮތުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެގޮތުން އެހެން ދުވަސްތަކަށް ދެވިފައި ނުވާ އެތައް ޚާއްޞިއްޔަތު ތަކެއް ހުކުރު ދުވަހަށް ދެވިގެން ވެއެވެ. ހުކުރުދުވަހަށް ޚާއްޞަ ކުރައްވާފައި ކަންކަމުގެ ތެރެއިން އެއްކަމަކީ އެދުވަހުގައި ކަހްފު ސޫރަތް ކިޔެވުން އެއީ ޚާއްޞަ އަޅުކަމެއް ކަމުގައި ލައްވާފައިވާކަމެވެ. އެގޮތުން ހުކުރު ދުވަހުގައި ކަހްފު ސޫރަތް ކިޔެމަކީ ވަރަށް މަތިވެރި ސަވާބާއި ދަރުމަ ލިބިނެވި އަޅުކަމެކެވެ. އެކަމާއި ގުޅެގޮތުން ކީރިތި މާތް ނަބިއްޔާ ﷺ ވަނީ ބަޔާކުރައްވާ ފައެވެ.

އެގޮތުން  أَبُوْسَعِيْدٌ الخُدْرِي رَضِيَ اللهُ عَنْهُ ގެކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

((مَنْ قَرَأَ سُوْرَةَ الْكَهْفِ لَيْلَةَ الْجُمْعَةِ أَضَاءَ لَهُ مِنَ النُّوْرِ فِيْمَا بَيْنَهُ وَبَيْنَ الْبَيْتِ الْعَتِيْقِ))

“ހުކުރު ވިލޭރޭ ކަހްފު ސޫރަތް ކިޔަވައިފި މީހާ ދަންނާށެވެ. ކަޢުބަތުﷲ ގެފުޅާއި އެމީހާކާއި ދެމެދުގައިވާ ނޫރުން، އެމީހަކަށް އަލިކަމެއް ދެއްވާނެތެވެ.”

އަދި أَبُوْسَعِيْدٌ الخُدْرِي رَضِيَ اللهُ عَنْهُ ގެކިބައިން ރިވާވެގެންވެގެންވާ އެހެން ޙަދީޘެއްގައި ވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

Advertisement

((مَنْ قَرَأَ سُوْرَةَ الْكَهْفِ فِيْ يَوْمِ الْجُمْعَةِ أَضَاءَ لَهُ مِنَ النُّوْرِ مَا بَيْنَ الْجُمْعَتَيْنِ.))

ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހާ ދަންނާށެވެ. އެމީހަކަށްޓަކައި ނޫރަކުން ދެ ހުކުރު ދެމެދުގައި އަލިކޮށްދޭނެތެވެ.

އިސްވެދިޔާ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި މީހަކު ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުން ފެށިގެން ހުކުރު ދުވަހުގެ އިރު އޮއްސުމާއި ދެމެދު (އެބަހީ: ހުކުރު ވިލޭރޭ ނުވަތަ ހުކުރު ދުވަހުގެ ދުވާލު)  ކަހްފު ސޫރާތް ކިޔަވައިފި ނަމަ ދެ ހުކުރު ދެމެދުގައި މާތް ﷲ އޭނާއަށްޓަކައި ނޫރެއް ލައްވާނެތެވެ. އަދި އެ ނޫރުގެ ސަބަބުން އޭނާގެ ހިތުގައި އަލިކަމެއް ލެވި އަދި ފެނުމުގައާއި ވިސްނުމުގައި އަލިކަމެއް ލެވިގެން ދާނެތެވެ. އަދި އޭނާގެ ކޮންމެ ހާލަތެއްގައި ވެސް އެ ނޫރުގެ ބަރަކާތް އޭނާއަށް ލިބިގެން ދާނެތެވެ. ނުވަތަ އޭނާގެ ޢަމަލުތައް އުފުލޭ އިރު އުޑަށް އެނޫރު އުފުލިގެން ދެއެވެ. އަދި ޤިޔާމަތް ދުވަހުގެ އޭނާއަށް އިތުރަށް ދެވޭ ނޫރެއް ގޮތުގައި އެ ނޫރު ދެވެއެވެ. މި ގޮތައް މި ނޫރު ހުކުރު ދުވަހުން އަނެއް ހުކުރު ދުވަހަށް (އެބަހީ: ހަފްތާ އެއްކޮށް) ދެމިހުރެތެވެ.

ވީމާ ހުކުރު ދުވަހުގެ މި ޚާއްސިއްޔަތުގެ ބަރަކާއި ސަވާބާއި ދަރުމަ ލިބިގަތުމަށް އަވަސްވެވަޑައިގަންނަމާތޯއެވެ.

ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމަކީ މުސްތަޙައްބު (ސުންނަތް) ވެގެންވާ ކަމެކެވެ. ސަވާބައި ދަރުމަ ލިބެނިވި މަތިވެރިވެގެންވާ ކަމެކެވެ.

ހުކުރު ދުވަހު ކަހުފް ސޫރަތް ކިޔާނީ ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުން ފެށިގެން ހުކުރު ދުވަހުގެ އިރު އޮއްސުމާއި ދެމެދުގައެވެ. މި ވަގުތު ތަކުގައި ކަހުފް ސޫރަތް ކިޔަވައިފި ނަމަ އެކަމުގެ ދަރުމައާއި ސަވާބު ލިބޭނެއެވެ.

ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމުގެ ޝަރުޢުވެގެން ވަނީ ހަމަ އެކަނި ހުކުރަށް ދާ މީހުންނަކަށް ނޫނެވެ. ވަކި ފަރުދަކު އިސްތިސްނާ ނުވާ ގޮތައް އެންމެހާ މުސްލިމުންނަށެވެ. ކުޑަ ކުދިންނާއި ބޮޑެތި މީހުންނާއި އަންހެނުނާއި ފިރިހެނުންނާއި ދަތުރުވެރިންނާއި ރަށުގައި ޤާއިމްވެ ތިބޭ މީހުންނަށެވެ. އަދި ހައިޟުވެރިނަށްވެސް ޚަތިމުގައި ބީހުމަކާއި ނުލާއި ކިޔެވުން ސުންނަތްވެގެން ވެއެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ((مَنْ قَرَأَ سُورَةَ الْكَهْفِ يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ)) މާނައީ: “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.” އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ. ((من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق)) މާނައީ: “ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު ނޫރަކުން އަލިކޮށްދެއްވާނެއެވެ.”

އެހެންކަމުން މި މަތިވެރިކަމާއި ހެޔޮކަން ހާސިލުކުރުމަށް ހުކުރުވިލޭރޭ ނުވަތަ ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔެވުމަށް އާދަކުރަމާތޯ؟ އަދި ހުކުރުދުވަހު ދުޢާކުރުން ގިނަކޮށް އެދުވަހުގެ ހެޔޮކަން ފުރިހަމަ ގޮތުގައި ލިބިގަންނަ ބައެއްކަމުގައި އަޅުގަނޑުމެން ވަމާތޯ!

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *