Search Streamline Icon: https://streamlinehq.com

ރަޙިމުގެ ގުޅުން ކަނޑާފިނަމަ ކުރާ ހެޔޮ އަމަލުތަކުން ކުރާނެ ފައިދާއެއް ނެތެވެ.

GettyImages 1138263344 c43ae634ca524d209b6e4eb621cf9148
Advertisement

ރަހިމުގެ ގުޅުން ކެނޑުމަކީ މިއަދު އާދައަކަށް ވަނީ ވެފައެވެ. އާއިލާތަކާއި ދޭދޭ ރަހުމަތްތެރިންގެ މެދުގައެވެ. އެހެނަސް މިއީ ވަރަށް ނުބައިވެގެންވާ ކަމެކެވެ. އެ ގުޅުން ކެނޑުމުގެ ބަދަލުގައި ދެމެހެއްޓުމަށް އާދޭހާއި އެކު ނަސޭހަތްތެރިވަމެވެ.

ރަހިމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ވާނެއެވެ. އެގޮތުން ގާތްތިމާގެ މީހުންނަށް އިޙްސާންތެރިވެ އެމީހުންނަށް ޒިޔާރާތްކޮށް އެމީހުންގެ ހާލުއަހުވާލު ބަލައި، ހެޔޮ ފޯރުވުމަށް ނަސޭހަތްތެރިވާށެވެ. އަދި އެ މީހުންނަށް ޒިޔާރާތްކުރެވެން ނެތް ހާލަތެއްގައި ފޯނުން ގުޅައި ހާލުއަހުވާލު ބަލައި، އަދި މުނާސަބަތުތަކުގައި ތަހުނިޔާ ބަދަލުކުރެވިދާނެއެވެ. ނަމަވެސް މިއަދުގެ މުޖުތަމައުގައި ކަންތައް ވަނީ އެހެންނަކުން ނޫނެވެ.

ދަންނާށެވެ. ކިތަމެއް ގިނައިން ހެޔޮ އަމަލުތައްކޮށް ދީންވެރިވި ދިރިއުޅުމެއް ވޭތުކުރިނަމަވެސް ރަހިމުގެ ގުޅުން ކަނޑާފިނަމަ ހެޔޮއަމަލުތަކަކުން ކުރާނެ ފައިދާއެއް ނޯނާނެއެވެ. ކިތަމެއް ގިނަ ހެޔޮ އަމަލުތަކެއް ކޮށްފައިވާ މީހެއް ނަމަވެސް އެ މީހަކީ އޭނާގެ ޢަހާ އާ ގުޅުން ކަނޑާލާފައިވާ މީހެއް ނަމަ އެނާގެ ހެޔޮ އަމަލުތައް ވެގެން ދާނީ ފޫނެތްފަަޔަކަށް ފެންފުރުން ފަދަ ކަމަކަށެވެ. ދުނިޔެ މަތީގައި ކިތައްމެ ދީންވެރި ދިރިއުޅުމެއް އުޅުނު މީހެއް ވިޔަސް ރަޙިމްގެ ގުޅުން ކަނޑާފިކަމަށްވާނަމަ ހެޔޮއަމަލަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯނާނެއެވެ.

ﷲ އަށް ޝިރުކުނުކުރާ ކަމުގައިވާނަމަ ހުރިހާ އަޅުތަކުންގެ ފާފަތައް ފުއްސަވައެވެ. އެކަމަކު އެންމެ ދެ މީހަކު ފިޔަވައެވެ. އެ ދެ މީހުންނަކީ އޭނާ އާއި އޭނާގެ އަޙާއާ ދެމެދު ރުޅިވެރިކަމެއްގެ ސަބަބުން ގުޅުން ކަންޑާލާފަ އޮތް ދެ މީހުންނެވެ. އޭގެ ސަބަބުން ﷲ ސުބުހާނަހޫ ވަތައާލާ އެންމެންގެ ފާފަތައް ފުއްސެވިއިރުގައި އެ ދެ މީހުންގެ ފާފަ ނުފުއްސަވައެވެ. އެ ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުވުމަށްދާންދެންނެވެ. އެހެންވީމާ މީގެން މިއެނގެނީ އަޙުވަންތަކަމުގެ ގުޅުމާއި ރަޙިމުގެ ގުޅުމުގެ މުހިންމުކަމެވެ.

މިއަދުގެ މުޖުތަމައުއަށް ބަލާއިރު، ފެންނަނީ ޖެހުނު ކޮންމެވެސް މައްސަލައެއްގައި އޭނާގެ އެއްބަނޑު އެއްބަފާ މީހުންނާ ގުޅުން ކަނޑާލާފައިވާތަނެވެ. ގާތް އަޙާ އާއި ވާހަކައެއް ނުދައްކާ ގުޅުން ކަނޑާލާފައިވާތަނެވެ. މިއީ ވަރަށް ދެރަ މަސައްލައެކެވެ. ކުރާ ހެޔޮ އަމަލުތައް ހިފައިގެންދާން ވިސްނާއިރުގައި މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަންތައްތަކެކެވެ. މިފަދަ ކަންކަމުން އަހަރެމެން ދުރުހެލިވާން ޖެހެއެވެ. ސަލާމަތްކަން އޮތީ އޭރުންނެވެ.

Advertisement

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *