Search Streamline Icon: https://streamlinehq.com

ޑިމޮކްރެޓްސްގެ ރައީސަކަށް ހަސަން ލަތީފް

WhatsApp Image 2023 02 11 at 18.45.16

ދަ ޑިމޮކްރެޓްސްގެެ އެތެރޭގެ އިންތިހާބުގައި އެޕާޓީގެ ރައީސް ކަމަށް ވާދަކުރި ހަސަން ލަތީފް ކާމިޔާބުކޮށްފިއެވެ.

ދަ ޑިމޮކްރެޓްސްގެެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.

ރޭ އިއުލާންކުރި ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ހަސަން ލަތީފަށް ވަނީ 1،704 ވޯޓް ލިބިވަޑައިގެންފައެވެ. ހަސަންއާ ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަށް ލިބިވަޑައިގެންފައިވަނީ 1،300 ވޯޓެވެ.

ވަގުތީ ނަތީޖާ އިއުލާނު ކުރަން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މާލެ އާއި ރަށްރަށުގައި އިއްޔެ ކުރިއަށް ގެންދިޔަ އިންތިހާބުގައި ޕާޓީގެ ރައީސް ހޮވުމަށް ވޯޓު ލާފައިވަނީ ޖުމްލަ 3029 މެންބަރުން ކަމަށެވެ.

އޭގެ ތެރެއިން ހަސަން ލަތީފަށް 1804 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމްރުއަށް ލިބިވަޑައިގަތީ 1300 ވޯޓު ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ. ޖުމްލަ 35 މަގާމަށް މެންބަރުން އިންތިހާބުކުރިއިރު މިރޭ އިއުލާނުކުރީ ބައެއް ނަތީޖާތަކެވެ. ޒުވާނުންގެ ނައިބު ރައީސަކަށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ ހޮވިފަ އެވެ.

ހަސަންއާ ވާދަކުރެއްވި އަމްރު ވަނީ އެކްސްގައި އިންތިހާބުގެ ނަތީހާއާ ދޭތެރޭ ހިތްހަމަ ނުޖެހި ކަންބޮޑުވުންފާޅުކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި