Search Streamline Icon: https://streamlinehq.com

ލޯބި ވިޔަކަސް-08

Loabi viyakas

ވިސްނުމެއްގައި އިދެ ޔާން ސައިކަލް ދުއްވާލިއެވެ.

”ސަމާ! ކޮންކަމަކާ މިހާރު ތިވިސްނަނީ. އަނެއްކާ އެހެން ބިޓެއް ގެންގުޅެނީތަ އަހަންނަށް ވަގަށް؟“

”ސާބަސް ޔާންއަށް. އަހަންނަކީ ތިހީކުރާ ކަހަލަ މީހެއް ނޫން. އަހަރެން ވަގު ބިޓުން ނުގެންގުޅޭނަން. ފާޅުގައި ކުރާކަމެއް އަހަރެން ކުރާނީ. އަހަރެން މިވިސްނަނީ މިއަދު ދިމާވި ކަމަކާ ދޭތެރޭ.“ ސަމާ ބުނެލިއެވެ.

ޔާން ސައިކަލް މަޑުކޮށްލާފަ ފޭބިތަނުން ޔާންގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނަށް ޖަވާބު ދިނުމަށްފަހު ޔާން އަނެއްކާވެސް ސައިކަލަށް އެރިއެވެ.

”ކިހިނެއްވީ؟“ ސަމާ އަހާލިއެވެ.

”ކުއްލިއަކަށް އަހަރެން ހުޅުމާލެއަށް ދާން ޖެހިއްޖެ.“

”އެކިހިނެއްވީ.“

”އޭސީ ހަރުކުރަން އަރާ ހުރި ބިދޭސީ މީހާ ވެއްޓި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްސިޔޯ. އަހަންނަކީ އެމީހުންގެ ސުޕަވައިޒަރ ސޯ. އަހަރެން ދާންޖެހޭނެ ދޯ އެވަރުގެ ކަމެއް ދިމާވީމަ. އަވަހަށް އަރާބަ.“ ޔާން ހުރީ ހާސްވެފައެވެ.

”ޔާން ދޭ. އަހަރެން ދާނީ ކޮފީއެއް ބޮއެގެން. ނިންމާފަ ގުޅާ އޯކޭ!“ ސަމާ މިހެން ބުނުމުން ޔާން ދިޔައީއެވެ.

ސަމާގޮސް އިށީނީ ހުސް މޭޒެއްގައެވެ. ވެއިޓަރު އައިސް ވަރަށް އިޚުތިރާމާއެކު ސަމާއަށް އެއްޗެއް ދިއްކޮށްލިއެވެ. ސަމާ ބަލާލިއިރު އޭގައި އޮތީ ކުޑަ ނޯޓެކެވެ.

”ތޭންކްސް އަހަރެންގެ ހަދިޔާ ޤަބޫލުކުރީތީ. ޔޫ ލުކް ސްޓަނިންގ. އަބަދުވެސް ތިހެން ހިނިތުންވެފަ ހުރުން ދުއާއަކީ! އަހަރެން ސަމާއާ ކިތަންމެ ދުރުގައި ހުއްޓަސް ސަމާގެ ހުރިހާ ކަމެއް ބަލަން. އަހަރެން ދުނިޔޭގައި ހުއްޓަކާ ސަމާއަށް އެއްވެސް ގޯނާއެއް ވިޔަކަ ނުދޭނަން.“ ސަމާ ހިނިތުންވެލިއެވެ. އަދި އެނޯޓުގެ އަނެއްފަރާތުގައި އެއްޗެއް ލިޔުމަށްފަހު ވެއިޓަރުގެ އަތަށް ދީފައި ފޮނުވާލިއެވެ.

އެއްޗެއް ހަދާންވެގެން ސަމާ ވެއިޓަރަށް ގޮވާލިއެވެ. އެހެންނަމަވެސް ވެއިޓަރަކަށް އަޑެއްނީވެއެވެ. ސަމާ ފޯނު ހުޅުވާ ބަލާލިއިރު ތިން މެސެޖް އިނެވެ. ނުދަންނަ ނަންބަރަކުން އައި މެސެޖްތަކެއް ނަމަވެސް އެއީ ކާކު ފޮނުވި މެސެޖެއްކަން ސަމާއަށް އެގުނު ކަހަލައެވެ. ހިނިތުންވެލާފައި މެސެޖު ހުޅުވާލިއެވެ.

މެސެޖް ކިޔަމުން ދިޔަވަރަކަށް އެހިނިތުންވުން ފަނޑުވަމުންދިޔައެވެ. އެންމެ ފަހުން ފޯނު މޭޒުމަތީ ބާއްވާފައި މޫނުގައި އަތް އަޅާލިއެވެ.

އަނެއްކާވެސް ފޯނު ވައިބްރޭޓްވުމުން ސަމާ ބަލާލިއިރު މިފަހަރު އައީ ވައިބާ މެސެޖެކެވެ. ސަމާ ބަލާލިއިރު ދެތިން ފޮޓޯ އޭގައި އިނެވެ.

”މިއީ ސަމާ ދެކެ އިންތިހާއަށް ލޯބިވާ ޔާން. އޭނަ ދިޔައީ ހުޅުމާލެއަކަށް ނޫން. އޭނަ ދިޔައީ އޭނަ ގެންގުޅޭ ވަގު ބިޓު ކައިރިޔަށް. އަހަރެން މިހެން ބުނުމުން ޤަބޫލުނުކުރާނެތީ ހެއްކާ އެކީގައ މިފޮނުވީ. މިވަރުންވެސް ޤަބޫލުނުކުރާނަމަ އަމިއްލައަށް ގޮސް ބަލާ. މިހާރުވެސް އެމީހުން އެބަތިބި ކޭ.އެފް.ސީ ތެރޭގައި“ މެސެޖު ކިޔާލުމަށްފަހު ސަމާ ބަލާލީ ފޮޓޯއަށެވެ. އެއި ޔާންއެވެ. އޭނަގެ އަތުގައި ހިފައިގެން އަންހެން ކުއްޖަކުވެސް ހުއްޓެވެ. ސަމާ އައި ރުޅީގައި ނުކުމެގެން ދިޔައީއެވެ.

ސަމާ މިސްރާބު ޖަހާލީ ކޭއެފްސީއާ ދިމާލަށެވެ. މާލޭގެ ހަލަބޮލި މަގުތަކުގައި ހިގާފައި އުޅޭ މީހުންވެސް މަދެއްނޫނެވެ. ސަމާ ހިނގާފައި ދަނިކޮށް ކާރެއް އައިސް މަޑުކޮށްލިއެވެ.

”އަހަރެން ގެންގޮސްދީފާނަން ދާން ބޭނުން ތަނަކަށް. އަރާ.“ ކާރު ދުއްވަން އިން މީހާ މިހެން ބުނުމުން ސަމާ ބަލާލި އެމީހާގެ މޫނަށެވެ. އެހެންނަމަވެސް މާސްކު އަޅާފައި ހުރުމުން އެއީ ކާކު ކަމެއް ނޭގުނެވެ.

”ބިރު ނުގަނޭ. އަހަރެން ސަމާ އަތުން ލާރިއެއް ނުނަގާނަން. ހީކޮށްލާ މީ ސަމާއަށް ހެޔޮއެދޭ މީހެކޭ.“ އެހެން ބުނުމުން ސަމާ ހަދާންވީ އޭނައަށް މާފޮނުވާ މީހާ މަތިންނެވެ. އޭނަ ފޮނުވާ ނޯޓުތަކުގއިވެސް އެހެން ލިޔެފަ ހުރެއެވެ.

ސަމާ އެއްޗެކޭ ނުބުނުމުން ޑްރައިވަރ ކާރުގެ ކުރީ ސީޓުގެ ދޮރު ހުޅުވާލިއެވެ. ސަމާ ބޭއިޚުތިޔާރުގައި ކާރަށް އެރުނެވެ. ސަމާ ވިސްނަމުން ދިޔައީ އެނުދައްނަ މީހާ އަށް އޭނަގެ ނަން އެގުނުގޮތަކާ މެދުއެވެ.

”ކަމަކާ ދެރަވެފަތަ. ހާދަ ހީވޭ ފުންވިސްނުމެއްގައި އިންހެން.“ ޑްރައިވަރު އެހެން ބުނުމުން ސަމާ އޭނައަށް ބަލާލިއެވެ.

”ކިހިނެއް އަސްލު އަހަރެންގެ ނަން އެގުނީ. އަހަރެން ދަންނަންތަ؟“ ސަމާ ސުވާލުކޮށްލިއެވެ.

”އަހަންނަށް ކިޔަނީ މީޝާޤް. އަހަރެން ޕާސަނަލީ ސަމާ ނުދަންނަން އެކަމަކު އަހަންނަށް ސަމާ އެގޭ.“

”އެކިހިނެއް އަހަރެން އެގެނީ.“

”މިއާދެވުނީ ސަމާގެ މަންޒިލަށް. ތިސުވާލުގެ ޖަވާބު ފަހުން ދޭނަން.“ ކާރު މަޑުކޮށްލީ ކޭއެފްސީ ކުރިމައްޗަށެވެ. ސަމާ އަވަހަށް ކާރުން ފޭބިއެވެ. ދަބަސް ހުޅުވާފައި ލާރި ނަގަން އުޅުނުތަނުން ކާރު ދުއްވާލީއެވެ. ސަމާ ހައިރާންވީ އެނުދަންނަ މީހާ ކައިރީ އޭނަ ދާން ބޭނުންވާ ތަން ނުބުނަނީސް އޭނަ އެތަނަށް ގެނެސްދިނީމައެވެ. އަތުގައި ހުރި ލާރި ދަބަހަށް ލާން އުޅުމުގެ ތެރޭގައި ދަބަހުން ވެއްޓުނީ ނޯޓެކެވެ.

”ވަރަށް އުފާވެއްޖެ އެހާ ކައިރިން ސަމާ ފެނުނީނަ. ސަމާއާ ވާހަކަދައްކާލެވުނީމާ އަދި މާބޮޑަށް އުފާވި. ސަމާއަށް އަހަރެން އެގޭނެ ކަމަށް އަހަރެން ހީކުރީ. އެކަމަކުވެސް ސަމާއަށް އަހަރެން ފާހަގައެއް ނުވި. އަބަދުވެސް ހަދާންކުރާތި އަހަރެން ސަމާ އެކަނިކޮށް ނުލާނަން. ދެރަވާ ކޮންމެ ފަހަރަކު އަހަރެން ސަމާއާ އެކީގަ ވާނަން.“ ސަމާ ނޯޓު ކިޔާ ނިންމާލާފައި އެބުރި ބަލާލިއިރު ޔާން ސައިކަލަށް އަރާ ނައްޓާލަނީއެވެ. ފަހަތުގައި އަންހެން ކުއްޖަކުވެސް އިނެވެ. އެއަންހެން ކުއްޖާ އިނީ ޔާންގެ ކޮޑުގައި ބޯއަޅައިގެންނެވެ. މިމަންޒަރު ފެނުމުން ސަމާއަށް ރޮވުނެވެ. އަދި އަތުގައި އޮތް ނޯޓަށް ބަލާލިއެވެ.

ނޯޓު ނަގާ އެއްލާލާފައި ސަމާ ހިގައިގަތީ ގެޔާ ދިމާލަށެވެ. މަގުމަތީގައި ހިގަމުން ދިޔައިރުވެސް ސަމާ ދިޔައީ ރޮމުންނެވެ.

”ޔާން. ކީއްވެ. ކީއްވެ އަހަންނަށް ދޮގު ހެދީ. ކީއްވެ އަހަންނަށް ބޭވަފާތެރި ތިވަނީ. އަހަރެން ޔާންއަށްޓަކާ އަހަރެންގެ ފިރިމީހާ ދޫކޮށްލިން. ޔާން ދެކެ އަހަރެން ވީ ވަފާތެރި ލޯތްބެއް. އަހަރެންގެ ކުށަކީ ކޮބާ. ކީއްވެ ތިހެން ތިހަދަނީ.“ ސަމާ އަމިއްލަ ހިތާ ސުވާލުކުރަމުން ރޮމުން ގެންދިޔައެވެ. އިތުރަށް ހިގާނެ ހިތްވަރެއް ނެތި ސަމާ ގޮސް މަޑުކޮށްލީ ޕާކެއްގައި ހުރި ބެންޗެއްގައެވެ. ސަމާ ގިސްލަ ގިސްލާފައި ރޮމުން ގެންދިޔައެވެ. އެތާނގައި ތިބި މީހުންވެސް ކަޅިޖަހާނުލާ ބަލަމުން ދިޔައީ ސަމާއަށެވެ.

”ދެން ނުރޮއި ހުއްޓާލާ. ރުޔަކަސް ވާނެ ފައިދާއެއް ނެތް. މިޒަމާނުގައި އެންމެ ރަނގަޅުކަމަށް ހެދިގެން އުޅޭނީ އެންމެ ހިތް ނުބައި މީހުން. ބަޔަކު އުފަލުގައި އުޅެންޏާ ދޭތެރެ ޖައްސާ މީހުން ގިނަވާނެ. އެކަން ހަދާންކުރާތި.“ ފެންފުޅިއެއް ދިއްކޮށްލަމުން މީހަކު ބުނެލިއެވެ. ސަމާ އިސްއުފުލާ ބަލާވެސް ނުލާ އެފެންފުޅިން ފެން ފޮދެއް ބޯލުމަށްފަހު މޫނު ދޮވެލިއެވެ. ކައިރީގައި އިން ޒުވާނާ ދިއްކޮށްލި ޓިޝޫއަކުން މޫނު ފޮހެލުމަށްފަހު ސަމާ ބަލާލީ އޭނަގެ މޫނަށެވެ.

”ތީ ކާކު.“ އެންމެ ފުރަތަމަވެސް ސަމާކޮށްލީ ސުވާލެކެވެ. މާސްކު އަދި އައިނު އަޅާފައި ހުރުމުން ސިފަ ވަކިކުރާކަށް ސަމާއަށް ނޭގުނެވެ.

”އަހަރެން މީ ކާކުކަން ސަމާއަށް އެގޭނެ ދުވަހެއް އަންނާނެ. އެދުވަސް ވަރަށް އަވަހަށް އަންނާނެ. ސަމާއަށް ނޭގުނަސް ސަމާ ތިއުޅެނީ ވަރަށް ބޮޑު އޮޅުން ބޮޅުން ގަނޑެއްގައި. ސަމާ ހީކުރަނީ ސަމާ ކައިރީގައި ތިއުޅެނީ ސަމާއަށް ހެޔޮއެދޭ ބައެކޭ ދޯ. ތީކުށްހީއެއް. ސަމާއަށް ނޭގުނަސް ހިޔަނިހެން އަހަރެން މިއުޅެނީ ސަމާގެ ހަށިފާރަވެރިޔަކަށް. ސަމާއަށް އަންނަ ހުރިހާ ނުރައްކަލަކުން އަހަރެން ސަމާ ސަލާމަތްކުރާނަން. އަދި އަހަރެން މީ ކާކުކަން ސަމާއަށް ވަރަށް އަވަހަށް އެގޭނެ.“

ސަމާގެ ފޯނު ރިންގުވާން ފެށުމުން ސަމާ ފޯނުން ވާހަކަ ދައްކަން ދުރަށް ޖެހިލިއެވެ. ފޯނު ބާއްވާފައި އެބުރި ބަލާލިއިރު އެޒުވާނާ ނެތެވެ.

އެހެންނަމަވެސް ބެންޗުމަތީގައި ފިނިފެންމާ ބޮޑިއަކާ ޕާރިސަލް ތައްޓެއް ހުއްޓެވެ. ސަމާ ހިނިތުންވެލާފައި މާބޮނޑި ނެގުމަށްފަހު އޭގައި ބޮސްދިނެވެ. އަދި އޭގެތެރޭގައި އޮތް ނޯޓު ކިޔާލިއެވެ.

”ޕްރިންސެސް ތިހިރީ ވަރަށް ބަނޑުހައިވެފަކަން އެގޭ. އަވަހަށް ކާލާ. ފެންފުޅިއެއްވެސް އޮންނާނެ. ދެން އެއްވެސް ގޮތަކަށް ނޮރޯތި. ދެރަނުވާތި. އަބަދުވެސް ހެވިފަ ހުރުން އަހަރެން އެދެނީ. ތިހިނިތުންވުމަށްޓަކައި އަހަރެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނަން. ޕްރިސެސްގެ….އެމް..“ އެމް ޖަހާފައި އިނުމުން ސަމާ ވިސްނާލިއެވެ.

”މީޝާޤް“ ސަމާ ހިތާހިތާ ކިޔާލިއެވެ. ކާރުގެ ތެރެއިން ދިމާވެގެން އޭނަގެ ނަމަކަށް ބުނީ މީޝާޤްކަން ހަދާންވިއެވެ.

ސަމާ ނޯޓަށް ބޮސްދެމުން މާބޮނޑި މެޔާލާ ބޮޑިކޮށްލިއެވެ. އަދި އަވަސް އަވަހަށް ކާން ފެށިއެވެ. އޭގައި ހުރީ ސަމާއަށް އެންމެ މީރު ޝަވަރުމާއެވެ.

މިމަންޒަރު ބަލަން ދުރުގައި ހުރި މީޝާޤު ހިނިތުންވެލިއެވެ.

”ސަމާއަށް އަހަރެން މީ ކާކުކަން އެގޭ ދުވަހަކުން ސަމާ ތިހާ އުފަލެއްނުވާނެ. އެދުވަހަކުން ސަމާ އަހަންނަށް ނަފްރަތު ކުރާނެ. އެކަކަމުވެސް ހެޔޮ. އަހަރެން ސަމާ ސަލާމަތްކުރާނަން. ސަމާދެކެ ހަޤީޤީ ލޯބިވީ އަހަރެންކަން އަދި ސަމާއަށް ވިސްނޭނެ. ސޮރީ ސަމާ!“ މީޝާޤު އެކަނި ހުރެ ވާހަކަދެއްކިއެވެ.

(ނުނިމޭ)

Leave a Reply

Your email address will not be published. Required fields are marked *