މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫމަލިކުލް އަޝްޢަރީގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. ]ސާފުޠާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. އަދި الْحَمْدُ لِلَّهِ ކިޔުން މީޒާން ފުރާލައެވެ. އަދި سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ މިދެކަލިމަ ކިޔުން މީޒާން ފުރައިލައެވެ. ނުވަތަ އެދެކަލިމަ ކިޔުން އުޑުތަކާއި ބިމާދެމެދު ހެޔޮކަމުން ފުރައިލައެވެ. [(رواه مسلم)
{މި ޙަދީޘްގެ ދިވެހި ތަރުޖަމާ ނަކަލުކޮށްފައި އެވަނީ އިސްލާމިކް މިނިސްޓްރީން ޝާއިއުކޮށްފައިވާ [ރިޔާޟުއް ޞާލިޙީން] މި ފޮތުންނެވެ.}









